ކުންފުނި ބޮޑުވީވަރަކަށް ، ރައްޔިތު މީހާގެ ޖީބަށް ބާރުބޮޑުވަނީ؟

0

ބ. އަތޮޅު ފެރީގެ ޚިދުމަތް މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދޭން ފަށައިފި އެވެ.
އެމްޓީސީސީ އިއްޔެ ފެރީގެ ހިދުމަތް ދޭން ފެށިއިރު ޓިކެޓްގެ އަގުތައްވަނީ ކުރިން ޓިކެޓް ވިއްކި އަގަށްވުރެ ބޮޑުކޮށްފަ އެވެ.

ޖޫން 30 ވަނަ ދުވަހާއި ހަމައަށް މި އަތޮޅުގައި ފެރީގެ ހިދުމަތް ދިފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އެފަރާތުން ފެރީގެ ހިދުމަތް ދިންއިރު ދަތުރުތަކަށް ނަގަނީ ކުރު ދަތުރަކަށް 20ރ އަދި ދިގު ދަތުރަކަށް 25ރ އެވެ. ނަމަވެސް ދަތުރުތަކުގެ ދިނުމިނަށް ބަލައިގެން އެމްޓީސީސީން ވަނީ އަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ކުރު ދަތުރަކަށް މިހާރު 30 ރ، ނަގާއިރު އެންމެ ދިގު ދަތުރަކަށް މިހާރު ނަގަނީ 55ރ، އެވެ. އަދި އެމްޓީސީން މި ހިދުމަތް ފެށިއިރު ދަތުރުގެ ޝެޑިއުލަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

މުޅި ރާއްޖޭގައި ފެރީގެ ހިދުމަތާއި ބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް މިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މީގެ ކުރިން އޮތް ފެރީގެ ނިޒާމަކީ ރައްޔިތުންނަށް ބޮޑު ތަކުލީފެއް ކުރިމަތިވާ ހިދުމަތެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެމްޓީސީސީއާ މި ހިދުމަތް ދިނުމަށް ހަވާލު ކުރީ ޒަމާނީ ފެންވަރަށާއި ހަލުވި ދުވެއްޔެއްގައި ހިދުމަތް ދޭން ކަމަށް ވިދާޅުވި ނަމަވެސް ބ.އަތޮޅުގެ ރައްޔިތުންނަށް ފެރީގެ ހިދުމަތް ލިބެމުން މިދަނީ ހަމަ ކުރިންވެސް ދަތުރުކުރި ފެރީގައި ހަމަ އެސުޕީޑްގައި، ޓިކެޓްގެ އަގު 10.00ރ ބޮޑުކޮށް އަދި އަރުވާ ކޮންމެ ފޮށިގަނޑަކަށް 5.00ރ ދައްކަންޖެހޭގޮތަށެވެ.
އެހެން ކަމުން ބ.އަތޮޅުގެ ރައްޔިތުންނަށް ކުރިން އިކޮނޮމިކްސް މިނިސްޓްރީގެ ބެލުމުގެ ދަށުން ލިބެމުންދިޔަ ފެރީގެ ހިދުމަތް މާރަގަޅުވެފައި ޖީބަށް ބާރުކުޑައެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ