ފެރީ ތާވަލްގެ ބޭނުމެއް ނެތް!

0

ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް އެންމެފުޅާ ދާއިރާއެއްގައި ދެމުންގެންދާ ކުންފުނި އެމްޓީޓީސީ އިން ބ.އަތޮޅުގެ ފަރީ ދަތުރައި ހަވާލުވުމާގުޅިގެން އަތޮޅުގެ އާންމު ރައްޔިތުން ކުރިއުއްމީދުތައް ބޭކާރުވެއްޖެއެވެ. އެމްޓީޓީސީ އިން މިޖުލައި 01 ވަނަދުވަހު ފެރީގެ ހިދުމަތްދޭންފެށީ އަގަށާއި ތާވަލަށް ބަދަލުގެނެސްފައެވެ. އެހެނަސް ރައްޔިތުންގެ ޝަކުވާއާއި ގުޅިގެން ރައްޔިތުންގެ އަތުން ނަގަމަށް ކާޑައެޅި އަގު ފަހުންވަނީ 20 ރ އަށް ހެޔޮކޮށްފައެވެ.
އެހެން ނަމަވެސް އެމްޓީޓީސީ އިން ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވާފައިވާ ފެރީ ދަތުރުގެ ތާވަލް ކޮންމެ ރަށެއްގައިވެސް އާންމުންނަށް ފެންނަހެން ހަރުކުރެވިފައިވާއިރު ހިތާމަޔާއެކު ދަންނަވަން މިޖެހެނީ ތާވަލްގައިވާ ގޮތުގެ މަތީން ފެރީގެ ދަތުރުތައް ކުރިއަށް ނުދާކަމެވެ. މިއީ ކޮންފަރާތެއްގެ އިޚްމާލުން ދިމާވާ ކަމެއްތޯ ސާފުކުރުމަށް އެމްޓީޓީސީއަށް ގުޅުމަށްޓަކައި ކޭއެލް އިންކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.
ފެރީ ތާވަލްގައި ވާގޮތުން ނަމަ، ފެރީ ކިހާދޫ އަށް ބަދަރު ކުރުމަށް ހަމަޖެހިފައިވަނީ ހެދުނު 8:25 ގައި އަދި ކިހާދޫން ފުރުން 8:30 ގައި ތާވަލް ކުރެވިފައިވާއިރު، ފެރީއަށް ކިހާދޫއަށް އާދެވެނީ 8:45 އާއި 9:00 ދޭތެރޭގައެވެ. އަދި 5 މިނެޓް މަޑުކުރުމަށް ތާވަލްގައި ހަމަޖެހިފައިވީނަމަވެސް މަޑުނުކުރާކަންވެސް އާންމު ރައްޔިތުން ފާހަގަ ކުރެއެވެ. އަދި ހަމަ މިއާއެކު އޭދަފުށިން ފުރުން 14:30 ގައި ތާވަލް ކުރެވިފައިވާއިރު ، އޭދަފުށިން 14:15 ގައި ފުރާކަމަށް ކޭއެލް އަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިކަންކަން މިހެން ހުރުމުން ހާމަވެގެން މިދަނީ ވަކި ބޮޑު ކުންފުންޏަކުން ބ.އަތޮޅު ފެރީއާއި ހަވާލުވިޔަށް ރައްރިތުންނަށް އޭގެން ކުރާނެ މާކަބޮޑު ފައިދާއެއް ނެތް ކަމައި ތާވަލްގައިވާ ގޮތަށް ބަލައިގެން ރައްޔިތުން ތިބޭނެމަ ރައްތިޔުންނަށް ލިބޭނީ ބޮޑުލަޑެއްކަމެވެ

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ