ކިހާ ޖަމްޢިއްޔާއިން ޤާރީ ކޯހެއް ހިންގަނީ

0

ކިހާ ޖަމްޢިއްޔާއިން އިސްނަގައިގެން ކިހާދޫ ކައުންސިލް އަދި އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުއާނާއި ގުޅިގެން ޤާރީ ކޯސް ހިންގުމަށް ޓަކައި މިކޯހުގައި ބައިވެރިވާން ބޭނުންފުޅުވާ ބޭފުޅުންނަށް ނަންނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް އެބަގެންދެއެވެ. މިފަދަ ކޯސްތަށް ރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔުމުގެ މަޤުސަދަކީ ކިހާދޫގެ ރައްތިޔުންގެ މެދުގައި ޤުރުއާނަށް ލޯބި ޖެއްސުމުގެ އިތުރުން ތަޖުވީދުމަގަށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުން ކަމުގައި ކިހާ ޖަމްޢިއްޔާއިން ބުނެއެވެ.

ކިހާ ޖަމްޢިއްޔާއިން ބުނީ ބ. ކިހާދޫގައި 20 ނޮވެމްބަރ އިން 20 ޑިސެމްބަރ 2016 އަށް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ޤާރީ ކޯސް ސެޓިފިކެޓް ލެވެލް 1 ކަމަށެވެ. މިކޯސްތަށް ވަނުމަށް ބޭނުންވާ ފަރާތްތަކުން 31 އޮކްޓޯބަރ 2016 ވަނަ ދުވަހުގެ 22:00 ގެ ކުރިން ޖަމްޢިއްޔާއަށް އެޕްލިކޭޝަން ފޯމް ހުށައެޅުއްވުމަށެވެ. އެޕްލިކޭޝަން ފޯމް ކިހާ ޖަމްޢިއްޔާގެ އިދާރާއިން ލިބެން ހުންނާނެއެވެ.

ބައިވެރިވާން ބޭނުންފުޅުވާ ބޭފުޅުނަށް އިތުރަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން އެޕްލިކޭޝަން ފޯމް ފުރުން މި މަހުގެ 25 ،27 ،29 އަދި 31 ވަނަ ދުވަހުގެ ރޭގަނޑު 20:30 އިން 22:00 އަށް ކުރީގެ ޕްރީސްކޫލް ކަމުގައިވާ ހިދާޔާ ޕްރީސްކޫލްގައި ދަނީ ކުރިއަށް ގެންދެވެމުންނެވެ. އަދި ކޯހުގެ ފީއަކީ 550.00 ރުފިޔާއެވެ.
މިކޯސް ފުރިހަމަކޮށް ފާސްވާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ( އެމް.ކިއު.އޭ ) ޤަބޫލްކުރާ ފެންވަރުގެ ސެޓްފިކެޓެއް ލިބިގެންދާނެކަމަށް ކިހާ ޖަމްޢިއްޔާއިން ބުނެއެވެ. ކޯހުގެ ޖާގަ މިހާރުވެސް ފުލްވެފައިވާއިރު ، ވެއިޓިންގ ލިސްޓްގައި ވެސް ނަންނޯޓް ކޮށްފައިވާ ފަރާތްތަކެއް މަދެއްނޫނެވެ.
ޖަމްޢިއްޔާއިން މަޢުލޫމާތު ދިންގޮތުގައި މިހާރު ކުރިއަށްދަނީ ކޯހުގައި ބައިވެރިވެފައިވާ ބޭފުޅުންގެ ރަޖިސްޓޭޝަން ފޯމް ފުރުމުގެ މަސައްކަތާއި ކޯސްކުރިއަށް ގެންދިޔުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތަށް ކުރުމުގެ މަސައްކަތެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ