އަތޮޅު ކައުންސިލްގެ 3 ވަނަ ބަށި މުބާރާތް ފަށަނީ

0

ބ. އަތޮޅު ކައުންސިލްގެ 3 ވަނަ ބަށި މުބާރާތް މިމަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ.

މިމަހުގެ 11 އިން 18 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތް ކުރިއަށްދާނީ އޭދަފުށީ ދެކުނު ފަރާތު ހިއްކި ބިމުގައެވެ.

މުބާރާތުގެ ގުރުއަތުން ނިމިފައިވާއިރު ގަދަ ބާރެއްގެ ގޮތުގައި އޮތީ މިމުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ އޭދަފުއްޓާއި، ގޮއިދޫއެވެ. މިދިޔަ އަހަރާ ހިލާފަށް މިފަހަރުގެ މުބާރާުތުގައި 5 ޓީމްބައިވެރިވެފައިވާތީ މިފަހަރު ގްރޫޕްތަކެއް ނޯންނާނެކަމަށް އަތޮޅުކަންސިލުން މަޢުލޫމާތުދެއެވެ. މުބާރާތުގައި ހިމެނޭ 5 ޓީމު ހިމެނޭއިރު ސެމީ ފައިނަލަށް ހޮވޭނީ ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ 4 ޓީމެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ ލިބޭއިރު ރަނަރަޕް ޓީމަށް 15،000 ރުފިޔާ ލިބެއެވެ.
އަތޮޅު ކައުންސިލުން ބުނިގޮތުގައި މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ ތާރީހީ ކުޅިވަރެއް ކަމަށްވާ ބަށި ތަރައްގީކޮށް މުބާރާތްތަކުގައި ވާދަ ނުކުރެވޭ އަންހެން ކަނބަލުންތަކަށް އެ ފުރުސަތު ހޯދައިދީ އަތޮޅުގެ ރަށްރަށުގެ މެދުގައި އެކުވެރިކަން އާލާކުރުމެވެ.
މުބާރާތުގެ ޝެޑިއުލް
11 ނޮވެމްބަރު 2016: ކިހާދޫ – ގޮއިދޫ 15:45
11 ނޮވެމްބަރު 2016: މާޅޮސް – ހިތާދޫ 16:45
12 ނޮވެމްބަރު 2016: އޭދަފުށި – ކިހާދޫ 15:45
12 ނޮވެމްބަރު 2016: ގޮއިދޫ – ހިތާދޫ 16:45
13 ނޮވެމްބަރު 2016: މާޅޮސް – އޭދަފުށި 15:45
13 ނޮވެމްބަރު 2016: ހިތާދޫ – ކިހާދޫ 16:45
14 ނޮވެމްބަރު 2016: ގޮއިދޫ – އޭދަފުށި 15:45
14 ނޮވެމްބަރު 2016: ކިހާދޫ – މާޅޮސް 16:45
15 ނޮވެމްބަރު 2016: އޭދަފުށި – ހިތާދޫ 15:45
15 ނޮވެމްބަރު 2016: މާޅޮސް – ގޮއިދޫ 16:45
16 ނޮވެމްބަރ 2016: ސެމީފައިނަލް 15:45
16 ނޮވެމްބަރ 2016: ސެމީފައިނަލް 16:45
18 ނޮވެމްބަރ 2016: ފައިނަލް 16:00

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ