އާބާދީ އެއްމެ ކުޑަރަށުން އެއޮށް ބޮޑު އޭދަފުށި ލަދުގަންނަވާލާފި.

1

މުޅިރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މިނިވަންފަންސާސް ކާމިޔާބުކުރި ބ.އޭދަފުށި ޓީމު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ރާއްޖޭގެ ޤައުމީޓީމްގެ މުހިއްމު ދެކުޅުންތެރިން ކަމަށްވާ އަލީ ފާޞިރު ( ސެންޓޭ ) އަދި ހަމްޒާ މުޙައްމަދު ( ހަމްޕް) ހިމަނައިގެން ބ.އެޓޯލް ފުޓްބޯޅަ ޗެލެންޖާ ކުރިމަތިލީ ނުހަނު ފަހުރުވެރިވާ ހާލުގައެވެ.
އެހެން ނަމަވެސް މިއަދު މިވަނީ އޭދަފުށި ޓީމުން ކުރަންމުންދިޔަ އުއްމީދުތަށް އަތޮޅުގެ އެންމެ އާބާދީ ކުޑަ ރަށުން ފުޑުފުޑުކޮށްލާފައެވެ. އެހެނީ ބ.އެޓޯލް ފުޓްބޯލް ޗެލެންޖްގެ ސެމީ ފައިނަލްގައި އޭދަފުއްޓާ ވާދަކޮށް ފެހެންދޫ ޓީމުން މެޗް ކާމިޔާބުކުރީ މެޗްގެ ފުރިހަމަ ވަގުތު ނިމުނު އިރުވެސް އެއްވެސް ބަޔަކަށް ލަޑެއް ނުޖެހި މެޗް އެއްވަރުވެގެން ނިމުމުން ނަތީޖާ ކަނޑައެޅުމަށްޓަކައި ޖެހި ޕެންލަޓީން 4-2 އިން ކުރިހޯދައިގެންނެވެ. މިނަތީޖާއަކީ ފެހެންދޫ ޓީމަށް މުބާރާތް ލިބުންފަދަ ނަތީޖާއެވެ.
ކިހާދޫ ޓީމު އަތުން ދެމެޗުން މޮޅުވެ ސެމީއަށް ދަތުރުކުރެވުމުން އޭދަފުށި ޓީމު މިއަދު ދަނޑަށް ނިކުތީ އެއްކޮޅުން ފައިނަލްގައި އޮވެގެން ހެންވެސް ހީވެއެވެ. މޮޅެތިކޯޗުން،ކުޅުންތެރިން ތިބެ މިއަދު އޭދަފުށި ލަދުގަންނަން ޖެހުނީ ކީއްވެގެންބާވައެވެ. މޮޅެތި ކުޅުންތެރިން މިއަދު ކޮބާބާވައެވެ. ހަމަގައިމުވެސް މިއަދު މޮޅެތިކުޅުންތެރިން ފެނިގެންމިދިޔައީ އެއާބާދީ ކުޑަކުޑަ ފެހެންދޫ ޓީމުންނެވެ. ޤައުމީޗެންޕިއަން ޕެނަލްޓީ ނުޖެހިގެން މުބާރާތުން ވަކިވެގެން ދާންޖެހުމަކީ ކިހާބޮޑު ލަދުވެތިކަމެއް ހެއްޔެވެ. ޕެނަލްޓީ ޖަހަންވެސް ކުޅުންތެރިންނަށް ދަސްނުކޮށްދެނީބާވައެވެ.
ދެމެޗުން ބަލިވިޔަސް ކިހާދޫ ޓީމުން ލަދުގަންނާކަށް ނުޖެހޭކަން މިއަދު ފެހެންދޫ ޓީމުން ސާބިތުކޮށްދީފިއެވެ.

ޝެއާކުރައްވާ

1 Comment

ޚިޔާލު ފާޅުކުރަށްވާ