ކުދި ރަށްތަކަށް އަޅާލާ ސަރުކާރެއް ބޭނުން!

0

ބ.ކިހާދޫ ބަނދަރުގެ އެއްގަމު ތޮށި ހަލާކުވެފައި އޮންނަތާ 12 އަހަރު

ދިވެހި ރާއްޖެއަކީ ޖިއޮގްރަފީގޮތުން ވަރަށް ޚާއްޞަ ސިފަތަކެއް ލިބިފައިވާ ޖަޒީރާ ޤައުމެކެވެ. ރަށްރަށް އުފެދުފައިވާގޮތާއި، އާބާދީ ބެހިފައިވާ ގޮތަކީ މިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ކަންކަމެވެ. އަދި ހަމައެއާއެކު، ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައި ލިޔެފައިވާގޮތުން މިޤައުމުގެ ހުރިހާ ޔައްޔިތުންނަށްވެސް ހަމަހަމަ ކަމާއެކު ޚިދުމަތްތަކާއި ވަސީލަތްތަށް ފޯރުކޮށްދިނުމަކީ އެއިރެއްގައި އޮންނަ ސަރުކާއެއްގެ މަސްއޫލިއްޔަތެކެވެ. ނަމަވެސް ސުވާލަކީ މިދެންނެވި ފަދައިން ހަމަހަމަ ކަމާ އިންސާފުން މިގައުމުގައި ކަންކަން ހިގާބާވައެވެ.
ތަންކޮޅެއް ތިލަ އިބާރާތަކުން ދަންނަވަނީނަމަ، ކުދިރަށްތަކުގެ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތަށް ފޯރުކޮށްދިނުމުގައި ، މިގައިމުގެ ވެރިކަން ކުރެއްވި ހުރިހާބޭފުޅުންނާއި، މިހާރުގެ ވެރިންވެސްނަނީ ވަރަށް ބޮޑަށް އިހުމާލުވެފައެވެ. ޚާއްޞަކޮށް ބ އަތޮޅުގެ އާބާދީ މަދުރަށްރަށް އަޅާލާ ސަރުކާރެއް އަދި މިހާތަނަށް ފެނިފައެއް ނުވެއެވެ. ބައެއް ރަށްރަށުގެ ބަނދަރު ހަލާކުވެ، ރަށުގެ ފެންފަށަލަ ވަނީ ހަލާކުވެފައެވެ. މިގޮތުން، ކުޑަރިކިލު، ކިހާދޫ، ދޮންފަނަކީ ބަނދަރުގެ ދަތިކަން އެއްމެ ބޮޑަށް ތަޙައްމަލް ކުރަމުންދާ ތިންރަށެވެ. މޫސުން ގޯސްވެއްޖެނަމަ، އޮޑިވެރިން ތިބެން ޖެހެނީ ލޮލުފިޔައެއް ނުޖަހައެވެ.

ބ.ކިހާދޫ ބަނދަރުގެ އެއްގަމު ތޮށި ހަލާކުވެފައި އޮންނަތާ 12 އަހަރު

ކަރަންޓާއި ފެނުގެ ހާލަތުވެސް ހަމަ މިފަދައެވެ. ބައެއް ރަށްރަށުގައި 24 ގަޑިއިރު ކަރަންޓް ދެމުން ގެންދަނީ އެއްމެ ޖަނަރޭޓަރެއްބޭނުން ކޮށްގެނެވެ. މިކަންކަން ރަގަޅު ކުރުމަށް ފެނަކައިގެ ރީޖަނަލް އޮފީހުންވެސް ވިޔާދާ ކަމެއް ކުރާތްނެއް ނުފެނެއެވެ. މިގައުމު ސިންގަޕޫރަކަށް ހެދޭނީ މިދެންނެވިފަދަ ކުދި ރަށްތަށްވެސް ތަރަށްޤީ ކުރެވިގެންނެވެ. މިފަދަ ރަށްތަށް ސަރުކާރުތަކަށް ފެންނަނީ އިންތިޚާބުތަށް ބޯމަތިވުމުންނެވެ. އެހެން ކަމުން ކުދިރަށްތަކުގެ އަހުލުވެރިން މިކަމާ ވަރަށް ބޮޑަށް ވިސްނަންވެއްޖެއެވެ. ސަރުކާރަށް ދައްކަންޖެހޭ ހުރިހާ ޓެކުހެއް މިފަދަ ރައްތަކުގައި ދިރިއުޅޭ ރައްޔިތުންވެސް ދަނީ ދައްކަމުންނެވެ. އެހެންކަމުން، ހަމަ ހަމަކަމާއެކު، ކުދި ރަށްތަކަށް ފުރުޞަތުތަށް ހޯދާދިނުމަށް ސަރުކާރަށް ގޮވާލަމެވެ. އަދި ކުރިއަށް އޮތް އިންތިޚާބުތަކުގައި ރައްޔިތުންވެސް މިކަމަށް ވިސްނުން މުހިއްމެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ