ރަމަޟާން މަސް އަންނައިރު ކިހާދޫ ހުކުރު މިސްކިތުގެ ހާލަތު

0

ރަމަޟާން މަހަކީ މުސްލިމުންނަށް ވަރަށް ޚާއްޞަ މައްސަރެކެވެ. އަދި މިމަހަށް ތައްޔާރު ވުމުގެގޮތުން މިސްކިއްތައް ޒީނަތްތެރި ކުރުމާއި، ގޭގޭގައި ކުލަލުމާއި މިނުނޫންވެސް ތަފާތު ކަންކަން ދަނީ ކުރަމުންނެވެ. އެހެންނަމަވެސް ކިހާދޫގައި މިވަގުތު ބޭނުން ކުރެވެމުންދާ ހަމައެކަނި މިސްކިތުގެ ހާލާއިމެދު ގިނަބަޔަކުދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިސްކިތުގެ ފާރުގައި ޖަހާފައިވާ ފިލާތައްފީވެ މިސްކިތުގެ އެތެރެއަށް ވަރަށްގިނަ ކުނޑި ފައިބައެވެ. އަދި ހަމައެހެންމެ މިސްކތުގެ ފެންޑާގެ ތަރަފާލުބާވެ ވަށާފާރުގެ ކުލަވަނީ ވެއްޓިފައެވެ.

މިކަންކަން ރަނގަޅުކުރުމަށް ކަމާ ބެހޭ ފަރާތްތަކުން އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރެއެވެ. އަދި ޚާއްޞަކޮށް ކިހާދޫ ކައުންސިލްގެ އިހްމާލް މިކަމުގައި ބޮޑުކަން ފާހަގަކުރަމެވެ. ސަބަބަކީ މިކަން ސަރުކާރު ބަޖެޓުން ކުރެވެން ނެއްނަމަ ރަށުގެ ރައްޔަތުންގެ ބަޖެޓުންވެސް ކުރެވެންޖެހޭނެއެވެ. މިކަމާބެހޭގޮތުން ރައްޔިތުންނާއި ބައްދަލުކޮށް މިކަން ކުރެވޭނެ ގޮތެއް ހޯދުމަކީ ކައުންސިލްގެ ޒިންމާއެއްކަމުގައި ދެކެމެވެ. ކުޅިވަރުގެ ޙަރަކާތްތަކަށް ރައްޔިތުންގެ ބަޖެޓުން ރައްޔިތުންނާއި މަޝްވަރާ ކުރުމެއްނެތި ޚަރަދު ކުރަމުންދާއިރު މިފަދަ މުހިއްމު ކަންކަން ކުރުމުގައި ކިހާދޫ ކައުންސިލް ވަނީ ވަރަށްބޮޑަށް ފޭލިވެފައެވެ. އެހެންކަމުން އަލަށް ހޮވާ ކައުންސިލަށް މިފަދަ ކަންކަން ލޮލަށް ފެންނަ ބަޔަކު އިންތިޚާބު ކުރުން މުހިއްމެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ