އަލަށް އިންތިހާބުކުރެވުނު ކިހާދޫ ކައުންސިލްގެ ފުރަތަމަ އެހީ ވޯޓާވިލާ އަށް!

0

2010 ވަނަ އަހަރު ކިހާދޫގެ ޒުވާނުންކޮޅެއް ނިކުމެ ކިހާދޫގައި މޫދަށްއެރި ހިތްފަސޭހަކޮށްލުމަށް ގޮސްތިބެލާނެ ސަރަހައްދެއް ގާޢިމްކުރުމަށް އަތުކުރި އޮޅާލައިގެން ކުރިބުރަމަސައްކަތް ކިހާދޫގެ ރައްޔިތުން ބަލައިގަތީ ނުހަނު ޝުކުރުވެރިކަމާއެކުގައެވެ. އެހެނީ ކިހާދޫގައި މޫދަށްއެރިލާ މަޖާކޮށްލުމަށް ހިތްފަސޭހަ މައިޒާނެއް ކިހާދޫގެ ޒުވާންކުދިންކޮޅެއްތައްޔާރު ކޮށްދިނީތީއެވެ.

އޭރު ދަނޑިފަނުން ތައްޔާރުކުރެވުނު ވޯޓާވިލާ ހަލާކުވެ ރައްޔިތުންނަށް ބޭނުން ނުހިފޭހިސާބަށް ގޮސްފައިވަނިކޮށް އަނެއްކާވެސް މިވަނީ އެ ތަން ޒަމާނީ ވަސީލަތްތަކުގެ ބޭނުންކޮށްގެން މަރާމާތުކުރަންފަށާފައެވެ. މިހާރުގެ މަސައްކަތްތައްދާގޮތުން މިމަސައްކަތް މާލަސްތަކެއްނުވެ ނިންމާލެވޭނެކަމަށް އުއްމީދުރެވޭއިރު، މިފަހަރު ކިހާދޫ ރައްޔިތުން އިންތިހާބުކުރި ކައުންސިލްގެ ފުރަތަމަ އެހީތެރިކަންވެސް މިވަނީ ވޯޓާވިލާއަށް ދެއްވުމަށް ނިންމާ، އެކަން އެމަސައްކަތުގައި ޝާމިލުވެއުޅުއްވާ ޒުވާނުންނާއި ބައްދަލުކޮށް ހިއްސާކުރައްވާފައިވާކަމަށް ކިހާދޫ ލައިވްއަށް މަޢުލޫމާތު ލިބިއްޖެއެވެ.

ކައުންސިލްގެ ރައީސް އިބްރާހިމް ފަޟީލް ވިދާލުވިގޮތުގައި މިއީ ރަށުގެ ރައްޔިތުންނަށް ފައިދާހުރި މަސައްކަތަކަށްވެފައި ، މިފަދަ މަސައްކަތެއް އެއްވެސް ބަޖެޓެއްނެތި އެކިއެކި ފަރާތްތަކުގެ ކުދިކުދި އެހީތެރިކަމާއެކު މިވަރުގެ ބުރަމަސައްކަތެއް ރައްޔިތުންނަށްޓަކައި ކޮށްދެއްވަމުންގެންދަވާތީ ކައުންސިލުން އެކަމުގެ އެކަމުގެ އަގުވަޒަންކުރުމުގެ އިތުރުން އެކުދިން އެކުރަމުންގެންދަވާ މަސައްކަތަށް ހިތްވަރުދިނުމުގެ ގޮތުން ކައުންސިލްގެ ބަޖެޓުން 2000.00ރ ގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާނެކެމަށެވެ. އަދި މިކަން މިހާރުވަނީ އެމަސައްކަތުގައު އުޅުއްވާ ޒުވާނުންނާއި ހިއްސާކުރައްވާފައިކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ