މުސްތަފާގެ ތަރާވީހުން މިސްކިތަށް އިތުރު ދިރުމެއް ގެނެސްދީފި

0

އޭދަފުށީގެ އުމުރުން ހަގު ހާފިޘު މުސްތަފާ ވަނީ ރޭގެ ތަރާވީހް ނަމާދު ކިހާދޫ މިސްކިތުގައި އިމާމްވެ ކޮށްފައެވެ. މުސްތަފާ އާއެކު މިސްކަތަށްވަނީ އިތުރު ދިރުމެއް އައިސްފައެވެ. އެގޮތުން ރޭގެ ތަރާވީޙް ނަމާދުގައި ބައިވެރިވި މީހުންގެ އަދަދުވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. އަދި ޚާއްޞަކޮށް ވަރަށް ގިނަ ޢަދަދެއްގެ ކުޑަކުދިންވަނީ ރޭގެ ތަރާވީހް ނަމާދުގައި ބައިވެރިވެފައެވެ. ކިހާދޫ ކައުންސިލުން އިސްނަގައިގެން މުސްތަފާ ގެނެސްފައިވާއިރު ގިނަ ޢަދަދެއްގެ ރައްޔިތުން މުސްތަފާ އާއި ބައްދަލުކޮށް ހެޔޮއެދުމުގެ ޝުޢޫރުތަށް ފާޅުކޮށްފައިވެއެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ