ފާމް ޤުރުއާން މުބާރާތް ބާއްވައިފި

0

ކިހާދޫގެ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ފާމް ފައުންޑޭޝަނުން ކޮންމެ އަހަރެއްގެ ރަމްޟާން މަހު ކިހާދޫގެ ބޮޑެތި މީހުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޤުރުއާން ކިޔެވުމުގެ މުބާރާތް މިއަހަރުވެސް ކުރިއަށް ގެންގޮސްފިއެވެ. މި މުބާރާތުގެ މަޤްޞަދަކީ ކިހާދޫގެ ބޮޑެތި މީހުންގެ މެދުގައި ޤުރުއާން ކިޔެވުމުގެ ރޫޙް އުފައްދައި ޤުރުއާނަށް ލޯބިޖެއްސުމެވެ. މިއީ މިމުބާރާތް ބޭއްވި 4 ވަނަ އަހަރެވެ. މި އަހަރު މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ހަމައެކަނި ބަލަގެން ކިޔުމުގެ ގޮފިންނެވެ. އަދި މުބާރާތުގެ އެންމެ މޮޅު 5 ބައިވެރިން ހޮވާ ޓްރޮފީއާއި ފައިސާގެ އިނާމްދީފައިވެއެވެ. މި މުބާރާތް ބޭއްވުމަށް ކިހާދޫ ސްކޫލުގެ ފަރާތުން ލިބޭ އެހީތެރިކަން ފާމް ފައުންޑޭޝަނުން ފާހަގަ ކުރެއެވެ. ކިހާދޫގެ އަމިއްލަ ޖަމިއްޔާތަކުން އިސްނަގެން ޤުރުއާން ކުރިއެރުވުމަށްޓަކައި ތަފާތު މަސައްކަތްތައް ކުރަމުންދާކަން ފާހަގަ ކުރަމެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ