ރާއްޖޭގެ އެންމެ ބޮޑު ސްޓަޑީ ކެމްޕަސް ބ. ކިހާދޫގައި ހުޅުވަނީ

0

ދިވެހި ޒުވާނުން މަސައްކަތްތެރިކަމުގެ ރޮނގުން ތަމްރީނު ކުރުމަށް ކޯސްޓްލައިން ފައުންޑޭޝަނުން ބ. ކިހާދޫގައި ކެމްޕަހެއް ގާއިމުކޮށްފި އެވެ. 230000 އަކަފޫޓްގެ ބިމެއްއައި ޒަމާނީ ވަސީލަތްތަކާއެކު ހުޅުވޭ މިކެމްޕަހުގައި ކިޔެވުމުގެ ފުރުސަތު ވަނީ ހިލޭ ހުޅުވާލާފައެވެ.

.ކޯސްޓްލައިންގެ ޕްރޮޖެކްޓު ކޯޑިނޭޓަރު މުހައްމަދު ވިޝާމް ވިދާޅުވީ އަންނަ ޖެނުއަރީ މަހު ފަށާ މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެންމެ ފުރަތަމަ ޖާގަ ދޭނީ 50 ދަރިވަރުންނަށް ކަމަށެވެ. އެކަމަކު ކުރިއަށް އޮތްތަނުގައި ކޯސްތައް އިތުރުވާ ވަރަކަށް ޖާގަ ވެސް އިތުރު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ޒުވާނުން ތަމްރީނު ކުރަން ބޭނުންވާ ދާއިރާތައް ބަލައިގެން ކޯސްޓްލައިނުގެ ކެމްޕަހުގައި ފަށާ މި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އަދި މި ފުރުސަތު ތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބ. އަތޮޅުގެ ރަށްތަކުގައި މި މަހު 21 ގައި އަދި ރ. އަތޮޅުގައި 28 ގައި އޯޕަންޑޭ އެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ                                                 .

“އެކަމަކު ރާއްޖޭގެ ކޮންމެ ރަށަކުން ވެސް މި ކޯސްތަކުގައި ބައިވެރިވެވޭނެ. ވަކި ޖިންސަކަށް ވަކި އުމުރެއްގެ ޒުވާނަކަށް ނުބަލަން،” ވިޝާމް ވިދާޅުވި އެވެ  ( ޚަބަރު  މިހާރު ނޫސް)

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ