ބ.އެޓޯލް ފުޓްބޯލް ޗެލެންޖްގެ ހިންގުމާއި އިންތިޒާމް އަހަރުން އަހަރެއް ދަށް!

0

ބ. އަތޮޅު ޗެލެންޖް ފުޓްބޯޅަ މުބާރާތް 2017 ގައި ބައިވެރިވުމުގެ ފުރުސަތު ބ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލެވިފައިވާއިރު އަދިވެސް ވޭތުވެދިޔަ އަހަރުގެ ޗެމްޕިއަން ޓީމަށްދޭންޖެހޭ ފައިސާ ހަވާލުނުކުރާ ކަމަށް މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމުން ބުނެފިއެވެ.

ގޮއިދޫ ޓީމްގެ އޮފިޝަލަކު ވިދާޅުވިގޮތުއި ޗެމްޕިއަން ޓީމަށް ދިނުމަށް ކަޑައަޅާފައިވާ 50000.00ރ ރުފިޔާ އަދިވެސް ޓީމަށް ނުލިބެއެވެ. މީގެ އިތުރުން މުބާރާތް ވޭތުވެދިޔަ 5 އަހަރު ބޭއްވިފައިވާއިރުވެސް އިންތިޒާމްތަށް ދަނީ ދުވަހެއް ދުވަހުން ދަށަށް ކަމުގައި ފާހަގަ ކުރެވެއެވެ.

ބ.އަތޮޅަކީ ފުޓްބޯޅައިގައި ވަރުގަދަ އަތޮޅަކަށްވެފައި އަތޮޅުގެ ވެރިކަންކުރާ ރަށުގައި ބޭއްވޭ މިމުބާރާތް އަތޮޅުގެ އާބާދީ ކުދި ރަށްފުށުގައި ބޭއްވޭ ކުދިކުދި މުބާރާތްތަކާ އަޅާވެސް ނުކިޔެއެވެ. އެގޮތުން މުބާރާތް ފެށިގެން ތިން ހަތަރު މެޗް ކުޅޭއިރުވެސް ކުޅުންތެރިން ނާއި އޮފިށަލުން މަޑުކޮށްލައިގެން ތިބުމަށް ހަމަޖެހިފައިވާ ބެންޗްވެސް ހިޔާކޮށްނުލެވެއެވެ. މިވަރުގެ ބޮޑެތި މުބާރާތްތަކަށް ހަމަގައިމުވެސް ގިނައަދަދެއްގެ ސްޕޮންސަރުން ވެސް ލިބޭނެކަމީ ށައްކެއްއޮތްކަމެއްނޫނެވެ.

މިފަދަ ބޮޑެތި މުބާރާތްތައް އިންތިޒާމް ކުރާއިރު މިފަދަކަން ކަމަކީ އިންތިޒާމް ކުރާފަރާތުން ވިސްނާލަންޖެހޭ ވަރަށް މުހިއްމުކަމެކެވެ. އަދި ވޭތުވެދިޔަ އަހަރު ބައިވެރި ޓީމުތަކުގެ ފަރާތުން ޖެހިގެން އަންނަ މުބާރާތަކަށް ރަގާލުކުރަންވީކޮން ކަމެއްކަން ސާފުކޮށްލާ ޓީމުގެ ތަކުގެ ކަންބޮޑުވުމަކީ ކޮބާތޯވެސް ބަލާލުމަކީ ދާއިމީކޮށް މިފަދަކަމެއް ކުރުމަށް ވިސްނާނަމަ ވަރަށްވެސް މުހިއްމުކަމެކެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ކިތަންމެ ބޮޑުއަދަދެއްގެ ފައިސާއެއް ހުށަހެޅިއަށް މުބާރާތުގެ އަގަކީ މުޅިމުބާރާތުން ނިކުންނަ ނަތީޖާއެވެ. އެގޮތުން ފުރިހަމަ އިންތިޒާމެއް ނެތްނަމަ ކިތަންމެ ބޮޑުއަދަދެއް ހުށަހެޅިއަށް ބައިވެރިވާ ޓީމްތަކުގެ އަދަދު މަދުވާކަން މިމުބާރާތުންވަނީ ފެނިގެން ގޮސްފައެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ