ކިހާދޫ ފުޓްބޯޅަ ޓީމު މިފަހަރު އޭދަފުށި ދަނޑު ދޫކޮށް ދޮންފަނު ފުޓްބޯޅަ ދަނޑަށް!

0

ބ. އަތޮޅު ފުޓްބޯޅަ މުބާރާތުގައި ވޭތުވެދިޔަ 4 އަހަރު ބައިވެރިވެފައިވާ ކިހާދޫ ފުޓްބޯޅަ ޓީމުން މިއަހަރުގެ އަތޮޅު ޗެލެންޖުގައި ބައިވެރިނުވާން ނިންމައިފި އެވެ.

ކިހާދޫ ޓީމްގެ މެނޭޖަރު ބުނި ގޮތުގައި މުބާރާތުގައި ބަިއވެރިނުވާން ނިންމީ މުބާރާތުގެ ފެންވަރު ދަށްވުމާއި ، މުބާރާތް ބާއްވާތާ 5 އަހަރު ވީއިރުވެސް މެހެމާންދާރީ އެއްވެސް ވަރަކަށް ނެތުމުގެ ސަބަބުންކަމުގައެވެ. އަދި ކިހާދޫ ގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު ބ.ދޮންފަނު އިންވިޓޭޝަންކަޕް 2017 ގައި ބައިވެރި ވުމާގުޅިގެން މިފަހަރު ކިހާދޫ ޓީމު ފެންނާނީ ބ.ދޮންފަނު ފުޓްބޯޅަ މުބާރާތުން ނެވެ.

އަތޮޅުގައި އާބާދީ ކުދިރަށްރަށުގައި ބޭއްވޭ މުބާރާތްތަކުގެ އަގު ކުޑަވެގެންދިޔަ ނަމަވެސް މުބާރާތާއެއް ފެންވަރެއްގައި އިންތިޒާމްތަކާއި މެހެމާންދާރީ ހުރިކަން ފާހަގަ ކުރެވެއެވެ. މިކަމުގެ ހެއްކަކަށް ވޭތުވެދިޔަ އަހަރު ބ.ދޮންފަނުގައި ބޭއްވުނު 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް ހެއްކަކަށް ފުދެއެވެ.

ބ.އަތޮޅުގެ ގިނަރައްތަކުން ފުޓްބޯޅަ ދަނޑުގައި ޖެހިލުންވާ އެއްޓީމަކީ ކިހާދޫ ފުޓްބޯޅަ ޓީމޭ ބުނުމަކުން ދޮގަކަށް ނުވާނެ ކަމަށް ހީމަކުރަމެވެ. އެހެނީ ވޭތުވެދިޔަ 4 އަހަރު ބ.އަތޮޅު ފުޓްބޯޅަ މުބާރާތުގައި ސެމީ ކުޅެފައިވާއިރު 2005 ވަނަ އަހަރު ވަނީ އޭދަފުށީގެ ހުރިހާ ޓީމުތައް ސިއްސުވާލުމަށް ފަހު ބޮޑުއީދުގައި އޭދަފުށީގައި ބޭއްވޭ އެއްމެ ޝަރަފްވެރި މުބާރާތް ކާމިޔާބުކޮށްފައެވެ. އެހެން ކަމުން މުޅި އަތޮޅުގެ ރައްތަކަށް ބަލާއިރު ކިހާދޫ ޓީމަކީ މުޅި ބ.އަތޮޅުގައިވެސް އޮތް އެންމެ ރަގަޅު ތާރީހެއް އެކުލެވިގެންވާ ޓީމެވެ. ކިހާދޫ ޓީމުންވަނީ އަތޮޅު ފެންވަރުގައި ބޭއްވުނު ހުރިހާ މުބާރާތެއްވެސް ކުޅެފައެވެ.

އެހެން ކަމުން މިފަދަ ޓީމެއް އަތޮޅު ފެންވަރުގައި ބޭއްވޭ މުބާރާތެއްގައި ބައިވެރިނުވުމަކީ އެ މުބާރާތަކަށްވެސް ލިބިގެންދާގެ ވަރަށްވެސް ބޮޑުގެއްލުމެއްކަމުގައިވުން އެކަށީގެންވެއެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ