މުސްކުޅިންގެ ޓީމްގެ މައްޗަށް ޒުވާނުން ކުރިހޯދައިފި

0

ޒުވާނުންގެ ޓީމާއި މުސްކުޅިންގެ ޓީމް ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗް  2-3  އިން ޒުވާނުންގެ ޓީމް ކާމިޔާބުކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީީ މުސްކުޅިންގެ ޓީމްގެ ތަޖުރިބާކާރު ފޯވާޑް މަޢުރޫފް އާދަމްއެވެ. މެޗް ފެށިތަނާހެން މުސްކުޅިންގެ ޓީމް ލީޑް ނެގިނަމަވެސް ޒުވާނުންގެ ޓީމުންވަނީ ކުޅުން ރަގަނޅުކޮށް މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު ޒުވާނުންގެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރ ފާހިރު ނަޞީރެއެވެ.

އެހެން މެޗްތަކާ ހިލާފަށް އެއްހާފްގެ ގޮތުގައި ކުޅެވުނު މެޗްގައި ޒުވާނުންގެ ޓީމަށް ލީޑް ހޯދައިދިނީ އަރަމުން އަންނަ ޒުވާން ފޯވާޑް ހުސައިން އީީމާނެވެ. މިލަނޑާއެކު ޒުވާނުންގެ ޓީމުން މެޗް ކޮންޓްރޯލް ހޯދައި ލީޑްފުޅާކުރީ ސަފްރާޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ދެ ޓީމްގެވެސް މުހިންމު ކުޅުންތެރިން ނުލާ ކުޅެވުނު މިމެޗް 2 ލަނޑުގެ ތަފާތަކުން ޒުވާނުންގެ ޓީމް ކާމިޔާބު ކުރާނެކަމަށް ބެލެވުނު ނަމަވެސް މުސްކުޅިންގެޓީމުން މެޗްގެ ފަހުވަގުތު މިޑްފީލްޑަރ އިބްރާހިމް ރަޝީދު ( އިރޮޅު ) ވަނީ ގޯލްޖަހައި ނަތީޖާގެ ފަރަގު 1 ލަނޑަށް ކުޑަކޮށްފައެވެ.

އަލަށް މުސްކުޅިންގެ ޓީމާ ގުޅުނު ކުޅުންތެރިން މިމެޗްގައި ފެނިގެން ދިޔަނަމަވެސް މީ މުސްކުޅިން ޖެހިޖެހިގެން ބަލިވި ދެވަނަފަހަރެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ