އަހަރުގެ ދެވަނަ މެޗުންވެސް މޮޅުވުމުގެ އުންމީދުގައި ކިހާދޫ ޓީމް ނުކުންނަނީ

0

kihaadhoo football team

2012 ވަނަ އަހަރުގެ ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖްގައި ބައިވެރިވި ކިހާދޫ ޓީމް ގެ ކުޅުންތެރިން ފޮޓޯއަށް ހުއްޓިގެން- ފައިލް ފޮޓޯ

ކިހާދު މޯލްޑިވްސް ރިސޯޓާއި ކިހާދޫ ފުޓްބޯޅަ ޓީމާ ދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް މިއަދު ހަވީރު ކުޅޭގޮތަށް ހަމަޖެހިއްޖެއެވެ.

ކިހާދޫ ޓީމްގެ މުހިއްމުގިނަ ކުޅުންތެރިންނަށް މިމެޗްގައި ބައިވެރިނުވެވޭނެއެވެ. ތަޖުރިބާކާރު ފޯވާޑް މައުރޫފް އާދަމް ގެ އިތުރުން މިޑްފީލްޑަރ ސަމްޢާން ހަލީމް، އިބުރާހިމް އަބުދުލް ޣަފޫރަށް  ޑިއުޓީގެ ސަބަބުން މި މެޗް ގެއްލިގެން ދާއިރު ރަށުން ބޭރުގައިވެސް މުހިއްމު 3 ކުޅުންތެރިން އެބަތިއްބެވެ. އެމްޕީއެލްގެ ފުޓުސަލް ޓީމްގައި ހިމެނޭ ފޯވާޑް މުޙައްމަދު އަޔާޟަކީ މިހާރު ކިހާދޫ ޓީމްގެ ފޯވާޑްލައިންގެ އެއްތަބެވެ. މިޑްފީލްޑަރ އިބްރާހިމްވަސީމަކީ މާލޭގައި ކިޔަވަމުންވެސް ދޭތެރެދޭތެރެއިން ކިހާދޫ ޓީމްގެ މެދުތެރޭގައި މޮޅުކުޅުމެއްދައްކަމުންދާ ކުޅުންތެރިއެވެ. ވާއަތުފައިން ކުޅޭ ޙުސައިން އިކުލީލަކީ ދުވެލި ބާރުވުމުގެ އިތުރުން ނުރައްކާތެރި މިޑްފީލްޑަރެކެވެ.

މިދެންނެވި ކުޅުންތެރިން ނެތްތަން ފޫބެއްދުމަށްޓަކައި ޓީމްގައި ހިމެނިފައިވާ ޒުވާން ކުޅުންތެރިންގެ ތެރޭގައި  ފޯވާޑް ހުސައިން އީމާން،އަލީ ސުހައިލް ، މިފްޒާލް ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ބ.އަތޮޅު ޗެލެންޖް ކަޕް ގައި ބައިވެރިވުމުގެ އުއްމީދުގައި އޮތް ކިހަދޫ ޓީމުން މިއަހަރު އެކުވެރިކަމުގެ ގިނަ މެޗްތަކެއް ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކުޅުނު  މިއަހަރު ކުޅުނު ފުރަތަމަ މެޗް މިދިޔަ މަހުގެ 14 ވަނަދުވަހު ކުޅެފައިވަނީ ކަމަދޫ އާއެވެ. ކަމަދޫ ފުޓްބޯޅަ ދަޑުގައި  ކުޅުނު މި މެޗް  5 – 2 ކާމިޔާބުކޮށްފައިވަނީ ކިހާދޫ ޓީމެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ