ކިހާދޫން ބޯފެން ހުސްވަނީ

0

ވާރޭ ނުވެހި ގިނަދުވަސް ވުމުގެ ސަބަބުން  ބ. ކިހާދޫން ބޯފެން ހުސްވުމާގާތަށް ގޮސްފައިވާ ކަމަށް ކިހާދޫ ކައުންސިލުން ބުނެފިއެވެ.

ކިހާދޫ ލައިވް އަށް މަޢްލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ ވާރޭ ނުވެހި ގިނަދުވަސް ތަކެއް ވުމުގެ ސަބަބުން ރަށުން ފެން ހުސްވެފައިވާތީ ފެން ފޯރުކޮށްދިނުމަށް އެދި ހުސްވި ހަފްތާގައި ޑިޒާސްޓަރ މެނޭޖުމަންޓު ސެންޓަރގައި އެދިފައި ވާނެކަމަށެވެ.

ކައުންސިލުން މިހާރުވަނީ ފެންދޫކުރުމުގައި މިންގަނޑެއް ކަނޑައަޅައި ކޮންޓްރޯލް ކުރަންފަށާފައެވެ. އެގޮތުން ބޮލަކަށް ދުވާލަކު 2 ލީޓަރގެ މަގުން ބޯފެންދަނީ ދޫކުރަމުންނެވެ. ކައުންސިލުން މަޢުލޫމާތުދޭގޮތުގައި މަހެއްގެ މައްޗަށް 6500 ލީޓަރ ފެން ކިހާދޫގެ ރައްޔިތުންނަށް ބޭނުންވެއެވެ.

މިދިޔަ އަހަރުވެސް ރަށުން ބޯފެން ހުސްވުމުން ކައުންސިލުންވަނީ ކައިރި ރިސޯޓްތަކުގެ އިތުރުން ޑިޒާސްޓަރ މެނޭޖުމަންޓު ސެންޓަރގެ ދީލަތި އެހީތެރިކަމާއެކު ކިހާދޫ އަށް ޕްލާންޓް ފެން ގެނެސް ފެނުގެ ދަތިކަން ހައްލުކޮށްދެއްވާފައެވެ.

 

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ