ކިހާދޫ ސްކޫލުގެ ޕީ.ޓީ.އޭ ޑިނަރ ނައިޓް މިއަހަރުވެސް ބޭއްވުމަށް ނިންމައިފި.

0
kihaadhoo school dinner night

2012 ވަނަ އަހަރު ގެ ޑިނަރނައިޓްގެ ތެރެއިން

ކިހާދޫ ސްކޫލުގެ ޕީ.ޓީ.އޭ ފަންޑަށް ފައިސާ ހޯދުމަށް ، 2010 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޑިނަރ ނައިޓް ” ދިވެހި ސުފުރާ 2014 ” މިއަހަރުވެސް ބޭއްވުމަށް އެ ސްކޫލުގެ ޕީ.ޓީ.އޭ އިން ނިންމައިފިއެވެ.

ބ. އަތޮޅުގެ ރިސޯޓުތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ، ދިވެހި ރަހަތާކާއެކު ބާއްވަމުން އަންނަ މި ބޮޑު ޖާފަތަކީ ، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ވަރަށްބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ހަރަކާތެކެވެ. ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން ކިހާދޫގެ އާންމު ރައްޔިތުންނާއި ސްކޫލުކުދިން އަދި އަތޮޅުތެރޭގެ ރަށްރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ކޮންމެ އަހަރަކުވެސް މި ޑިނަރ ނައިޓަށް ޒިޔާރަތް ކުރެއެވެ.

ކިހާދޫ ރައްޔިތުން ގުޅިގެން ، އަތޮޅު ތެރޭގެ ބައެއް ރިސޯޓުތަކުގެ އެހީއާއި އެކު ، އެތައްދުވަހެއްގެ ބުރަމަސައްކަތުން ބާއްވަމުން އަންނަ މި ހަރަކާތުގެ ސަބަބުން ކޮންމެ އަހަރަކުވެސް ބޮޑު އާމްދަނީއެއް ކިހާދޫ ސްކޫލުގެ ޕީ.ޓީ.އޭ އަށް ލިބެއެވެ.

މިއަހަރުގެ ޑިނަރ ނައިޓް 4 އޭޕްރިލް 2014 ވާ ހުކުރު ދުވަހުގެ ބޭއްވުމަށް ހަމަޖެހިފައިވާއިރު ، ޕީ.ޓީ.އޭގެ ފަރާތުން މިހާރު ދަނީ ތައްޔާރު ވަމުންނެވެ. މި ޑިނަރ ނައިޓުގެ ޓިކެޓެއްގެ އަގަކީ އެންމެ -/100 ރުފިޔާއެވެ.

އިތުރު މައުލޫމާތު: 6600017

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ