ރީތިބީޗް ރިސޯޓުން ކިހާދޫއަށް ބޯފެން ފޯރުކޮށްދީފި

0
reethi beach resort supplied drinking water to kihaad

ކިހާދޫއަށް ބޯފެން ގެނައުމަށް ޒުވާނުންގެ ބަޔަކު ހަރަކާތްތެރިވަނީ- ފޮޓޯ: ފޭސްބުކް- ހުސެން

ކިހާދޫއިން ބޯފެން ހުސްވުމުގެ ސަބަބުން ރީތި ބީޗް ރިސޯޓުން ބޯފެން ގެނެސްފިއެވެ.

ކިހާދޫގެ ރައްޔިތުންނަށް ބޯފެން ފޯރުކޮށް ދިނުމަށް ރަށުކައުންސިލާއި ހެޔޮއެދޭ ބައެއް ފަރާތްތަކުގެ އެހީގައި އިއްޔެ ވަނީ 800  ލީޓަރުގެ ބޯފެން ކިހާދޫއަށް ގެނެސްފައެވެ. މިގޮތުން ގެނެސްފައިވާ ފެނުން އާންމުންނަށް ދޫކުރަން ހަމަޖެހިފައިވަނީ ބޮލަކަށް ދުވާލަކު 2 ލީޓަރުގެ މަގުންނެވެ.

ވާރޭނުވެހި ގިނަދުވަސް ވުމުގެ ސަބަނުން ރަށުގެ ގިނަ ގޭގޭގެ ތާނގީތަކާއި އާންމު ތާނގީތައް ވަނީ ހުސްވެފައެވެ.

ވޭތުވެދިޔަ 2 އަހަރުވެސް އިރުވާ މޫސުމުގެ ފަހުކޮޅު ކިހާދޫން ބޯފެން ހުސްވެ، ރީތިބީޗް ރިސޯޓުންނާއި ޑިސާސްޓަރ މެނޭޖުމެންޓުން ވަނީ ކިހާދޫއަށް ބޯފެން ފޮނުވާފައެވެ.

kihaadhoo rain water

ކިހާދޫއިން ބޯފެން ހުސްވެފައިވާއިރު ކައުންސިލްގެ ގޯތި ތެރޭގައި 2500 ލީޓަރުގެ 8 ހަން ބަންޑުން އޮންނަތާ ހައެއްކަ މަސްވެއްޖެ

ފާހަގަކޮށްލަން ޖެހޭކަމަކީ ކޮންމެ އަހަރަކުވެސް މިގޮތަށް ދިމާވާއިރު ރައްޔިތުންނާއި ރަށުކައުންސިލުން ދުރާލާ އެކަމަށް ތައްޔާރުވެފައި ނުވާކަމެވެ. އެގޮތުން ގިނަ ގޭގެއިން ތާނގީތަކަށް ފެންއެޅުމަށް ސަމާލުކަން ދީފައެއް ނުވެއެވެ. އަދި ކައުންސިލްގެ އިދާގެ ގޯތިތެރޭގައި 2500 ލީޓަރުގެ 8 ބޯފެން އަޅާހަން ބަންޑުން ބާއްވާފައި އޮންނަތާ ހައެއްކަ މަސް ވަނީއެވެ.  ކިހާދޫ ކައުންސިލުން ވަނީ އެ ހަންތައް އެސްޓިމޭޓު އުސޫލުން ބަހައްޓާދޭނެ ފަރާތެއް ހޯދުމަށް  މިދިޔަ އަހަރުވަނީ ދެ ފަހަރެއްގެ މަތިން އިއުލާން ކޮށްފައެވެ. އެހެން ނަމަވެސް އެކަމަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ