ބ.ކިހާދުއަށް ޑޮކްޓަރެއްގެ ޙިދުމަތް ދޭންފަށައިފި

0

ބ.ކިހާދޫ ސިއްޙީމަރުކަޒުގައި ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ދޭންފަށައިފިއެވެ.

ސިއްޙީމަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި ރާޒިޔާ އަލީ މަޢުލޫމާތު ދިންގޮތުގައި ކޮންމެ ހަފްތާއެއްގެ ހޯމަދުވަހު ކިހާދޫ ސިއްޙީމަރުކަޒުން ޑޮކްޓަރެއްގެ ޙިދުމަތް ލިބިގެންދާނެއެވެ.  އެގޮތުން ބ.ކަމަދޫ ސިއްޙީމަރުކަޒުގެ ޑޮކްޓަރ ކޮންމެ ހަފްތާއެއްގެވެސް ހޯމަ ދުވަހު ކިހާދޫ ސިއްހީ މަރުކަޒުގައި ބަލިމީހުން ބެލުމުގެ ކަންތައް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

ކިހާދުއަށް ޑޮކްޓަރެއްގެ ޙިދުމަތް ލިބެންފެށުމާއެކު ކެންދޫ ދާއިރާގެ ހުރިހާ ރަށަކަށް މިއަދުން ފެށިގެން ޑޮކްޓަރެއްގެ ޙިދުމަތް ލިބެންފެށީއެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ