އަތޮޅުފެރީ- ރައްޔިތުންގެ ޝަކުވާތަކަށް ހައްލެއްނެތް

1

ދަތުރުފަތުރުގެ ނިޒާމުން ރައްޔިތުން ގުޅުވާލުމަށް ދެމުންގެންދާ އަތޮޅުފެރީގެ ޚިދުމަތްދޭ ގޮތާމެދު  ރައްޔިތުން ކުރާ ޝަކުވާތަކަށް އަދިވެސް އެއްވެސް ހައްލެއް ނުލިބެއެވެ.

އަތޮޅުފެރީގައި ގެންގުޅޭ ތަފާތުކުރުމުގެ ސިޔާސަތުތަކާ ގުޅޭގޮތުން ޝަކުވާކުރުމުން އަތޮޅުކަނުން ސިލުންވަނީ ކުރު ޖަވާބަކުން ރައްދު ދީފައެވެ. އަތޮޅު ކައުންސިލްގެ ނައިބްރައީސް ވިދާޅުވަފައިވަނީ ” އެއީ މުދާ އުފުލާ އެއްޗެއް ނޫން. އެއީ މީހުން އުފުލާ އެއްޗެއް” ކަމުގައެވެ.

ބ.އަތޮޅު ކައުންސިލްގެ ނައިބް ރައީސް މިހެން ވިދާޅުވި ނަމަވެސް ފެރީގައި ދަތުރުކުރާ ރައްޔިތުން އެކަން ގަބޫލު ނުކުރާނެކަން ޔަގީނެވެ.އެހެނީ  މިހާރު ފެރީގެ ޚިދުމަތް ދޭ ގޮތުން ގަބޫލު ކުރެވެނީ އަތޮޅުފެރީއަކީ އޭދަފުށީގެ ފަސްމުގޫ ފިހާރައިން އަތޮޅުތެރެއަށް މުދާ ސަޕްލައި ކުރާ އެއްޗެއްގެ ގޮތުގައެވެ. ކޮންމެ ދުވަހަކު ފެރީން އުފުލާ ފަސްމުގޫ ދާގީނާތައް މިކަމުގެ ހެއްކަކަށް ވާނެއެވެ.

އަތޮޅު ފެރީގައި މިގޮތައް ކިތަންމެ ވަރަކަށް މުދާ އުފުލިޔަސް އެއީ މައްސަލައެއް ކަމަށް ކޭ.އެލް އަކުންވެސް ނުދެކެމެވެ. އެހެން ނަމަވެސް މައްސަލަ ދިމާވަނީ އެހެން މީހުންގެ މުދާ ފެރީއަށް އެރުވުމުގައެވެ. ފެރީގެ މުއައްޒަފުން ގެންގުޅޭ ތަފާތުކުރުން އަބަދުވެސް ފެރީގެތެރެއިން ފެނެއެވެ. އެގޮތުން މި ތަފާތުކުރުން އެންމެ ބޮޑީ އުތުރުގެ ރަށްތަކަށް ދަތުރުކުރާ ފެރީގައެެވެ. އާންމުކޮށް ފެރީގައި ދަތުރުކުރާ މީހުންނަށް މިކަންތައް ވާނީ ވަރަށް ގިނަފަހަރަށް ތަޖުރިބާ ކުރެވިފައެވެ. އަދި އެކި އެކި ދެބަސްވުން އުފެދި ބައެއްފަހަރު މުދާ ކަނޑަށް އުކާފައިވެސް އެބަހުއްޓެވެ.

cycle onboad

ދެކުނުފެރީއަށް ސައިކައެއް އަރުވާފައި- އުތުރު ފެރީން ވަނީ ކިހާދޫއިން ސައިކަލެއް އެރުމުވަމަށް ދެކޮޅުހަދާފައި

ބ.އަތޮޅުގެ ރައްޔިތުންނަށް ފެރީގެ ހިދުމަތް މިހާރު ދެމުންދަނީ ސަރުކާރާއި އަތޮޅު ކައުންސިލާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން އަތޮޅު ކައުންސިލުން މެދުވެރިއެއްގެ ރޯލް އަދާކުރާ ގޮތަށް  ނިމިގެންދިޔަ ކައުންސިލް ދައުރުގައި އޮޑިވެރިފަރާތާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

މުދާ އުފުލުމުގައި އެއްވެސް ކޮންޓްރޯލެއް އަތޮޅު ކައުންސިލުން ހެދިފައިނުވާއިރު ފެރީން ރައްޔިތުންގެ އަތުން ނަގަމުންއައި އަގަށް މިހާރުވަނީ ބަދަލުގެނެސްފައެވެ.އެގޮތުން މިހާރު ފެރީ އަށް މީހަކުއަރާފިއްޔާ 20.00ރ ނަގައެވެ. 65 އަހަރުގެ މީހެއް، މާބަނޑު މީހެއް، ކުޑަކުދިންނެއް، ނުކުޅެދޭ މީހުންނަށް މީގެ ކުރިން އެއްވެސް އަގަކާނުލާ ފެރީގައި ދަތުރުކުރެވެއެވެ. އެހެނަސް މިހާރު ފައިސާ ޚަރަދު ކޮށްގެންނޫނީ އެއްވެސް މީހަކަށް ދަތުރެއް ނުކުރެވެއެވެ. މިހާރުގެ އެއްބަސްވުމުގައި ބުނެފައިވާގޮތުން ސަރުކާރުން ދައްކާ ކުލީގެ އިތުރުން ފެރީކޮށްގެން ލިބޭ ހުރިހާ ފައިސާއެއްވެސް ލިބޭނީ އޮޑިވެރިފަރާތަށެވެ.

އަތޮޅު ކައުންސިލުން ދަތުރުގެ ތާވަލް ތައްޔާކުރެވިފައިވީނަމަވެސް ފެރީގެ ދަތުރުތައް ހުންނަނީ ފެރީގެ ޚިދުމަތްދޭ ފަރާތް ބޭނުންގޮތަކަށެވެ. ކޮންމެ ދުވަހީވެސް ތާވަލް ކުރެވިފައިވާ ދުވަހެއްކަމުން ކޮންމެ މީހަކުވެސް ބަދަރަށް މިނިކުންނަނީ ފެރީން ކޮންމެވެސް ރަށަކަށް ދިޔުމުގެ ބޭނުމުގައެވެ. އެހެން ނަމަވެސް ފެރީ އެދުވަހު ދަތުރު ނުކޮށްފާނެއެވެ. ޖައްސަންޖެހޭ ރަށަކަށް ނުޖައްސަފާނެއެވެ. މިއީ މިއަދު ފެރީގެ ހާލަތެވެ. މިކަމަށް ހެޔޮބަދަލެއް އަންނާނެކަމަށް އުއްމީދުކުރަމެވެ.

ޝެއާކުރައްވާ