ކަމަދޫ ކައުންސިލް އިދާރާގައި ސެކިއުރިޓީ ކެމެރާ ހަރުކޮށްދޭނެ ފަރާތެއް ހޯދަނީ

0

މި އަތޮޅު ކަމަދޫ ކައުންސިލްކައުންސިލް ގެ އިދާރާ ހިންގަމުންދާ އިމާރާތުގެ އެތެރޭގައާއި، ގޯތިތެރޭގައި ސެކިޔުރިޓީ ކެމެރާ ވިއުގައެއް ޤާއިމުކުރުމަށްޓަކައި އެ މަސައްކަތް  އަމިއްލަ ތަކެތީގައި ކޮށްދޭނޭ އަގުގެ އަންދާސީހިސާބެއް ހޯދަން ކަމަދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ.

މި އިޢުލާނުގައި ވާ ގޮތުން އެ މަސައްކަތްކޮށްދޭނޭ އަގުގެ އަންދާސީހިސާބު 10 އެޕްރީލް 2014 ވަނަދުވަހުގެ 11:30 އަށް ކަމަދޫ ކައުންސިލް އިދާރާއަށް ހުށައަޅަން ޖެހެއެވެ.

މަޢުލޫމާތު ސާފުކުރުން އޮންނާނީ  06 އެޕްރީލް 2014 ވާ (އާދީއްތަ) ދުވަހުގެ 10:30 ގައި ކަމަދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމް ގައެވެ. ފޯނުންނަމަ ބަންދުނޫން ކޮންމެ ދުވަހެއްގެ 13:00 ގެ ކުރިން ކަމަދޫ ކައުންސިލްއިދާރާގެ ފޯން ނަންބަރާ ގުޅުމުން މަޢުލޫމާތު ސާފުކޮށްދޭގޮތައް ވެސް ވަނީ ހަމަޖެހިފައެވެ.

ކަމަދޫ ކައުންސިލް އިދާރާގެ ފޯން ނަންބަރު:  6600051

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ