ޑިނަރ ނައިޓަށް ފަހުގެ ތައްޔާރީތަށް ވާންފަށާފި

0
ކިހާދޫ ސްކޫލް ގައި2012 ވަނަ އަހަރު ބޭއްވި ޑިނަރނައިޓްގެ ތެރެއިން- ފައިލް ފޮޓޯ

ކިހާދޫ ސްކޫލް ގައި2012 ވަނަ އަހަރު ބޭއްވި ޑިނަރނައިޓްގެ ތެރެއިން- ފައިލް ފޮޓޯ

ކިހާދޫ ސްކޫލްގެ ޕީޓީއޭ އިން އިންތިޒާމްކޮށްގެން  ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ “ޕީޓީއޭ ޑިނަރ ނައިޓް” މާދަމާރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު އެކަމަށް ސްކޫލުން ފަހުގެ ތައްޔާރީތައް ވާންފަށާފިއެވެ.

ކިހާދޫ ސްކޫލުން މަޢުލޫމާތު ދިންގޮތުގައި މިއަދު ސްކޫލްގެ ކިޔެވުންވެސް ވަނީ ކުރުކޮށްލާފައެވެ. އެގޮތުން ސްކޫލްގެ ކިޔެވުން މެންދުރުފަހުގައި ނޯންނާނެއެވެ. ވުމާއެކު ސްކޫލްގެ ގޯތިތެރެ ޑިނަރ ނައިޓަށް ތައްޔާރުކުމުގެ މަސައްކަތްވެސް ދެންދުރުފަހު ފެށިގެންދާނެއެވެ.

ވޭތުވެދިޔަ އަހަރުތަކަށްވުރެ ރަގަނޅުފެންވަރެއްގައިޑިނަރ ނައިޓް ބޭއްވޭތޯ މަސައްކަތް ކުރަމުންދާ ނެކަމަށް ސްކޫލުން ބުނެއެވެ. އެގޮތުން މިހާރުވަނީ ޑިނަރ ނައިޓަށް ބޭނުންވާނެ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ހޯދާފައެވެ. މިހާރު ކުރެވެމުންދަނީ ތައްޔާރުކޮށްފައިވާ ބައެއްކަހަލަ ތަކެތި ބަންދުކުރުމުގެ މަސައްކަތެވެ.

އެހެން އަހަރުތަކެކޭވެސް އެއްގޮތަށްކައިރު ހުރިހާ ރިސޯޓަކުންވެސް އެކަށީގެންވާ ތަރުހީބެއް  މިކަމަށް ލިބޭނެކަމަށް ސްކޫލުން އުއްމީދުކުރާއިރު ބ.ހިތާދޫން ވެސް ގިނަ  އަދަދެއްގެ ބަޔަކު މިޑިނަރގައި ބައިވެރިވުމަށް އަންނާނެކަމުގެ  މައުލޫމާތު ލިބެއެވެ

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ