ޑިނަރ ނައިޓަށް ރެކޯޑް އަދަދަކަށް މީހުން ޒިޔާރަތް ކޮށްފި

1
kihaadhoo school dinner night

ހުކުރު ދުވަހުގެ ރޭ ބޭއްވި ޑިނަރނައިޓްގެ ތެރެއިން- ފޮޓޯ: ހާރޫން ޔޫސުފް-ފޭސްބުކް

ކިހާދޫ ސްކޫލްގެ ޕީޓީއޭއިން އިންތިޒާމްކޮށްގެން ހުކުރުދުވަހުގެ ރޭ ބޭއްވި ” ދިވެހި ސްފުރާ ”  ޑިނަރ ނައިޓަކީ މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު ޑިނަރ ނައިޓް ކަމަށް ޕީޓީއޭގެ ރައީސް އަދި ކިހާދޫ ސްކޫލްގެ ޕްރިންސިޕަލް ހާރޫނު ޔޫސުފް ވިދާޅުވެއްޖެއެވެ.

ހާހަކަށްވުރެ ގިނަ ޓިކެޓް ވިކުނު މިޑިނަރ ނައިޓްގެ ވަގުތީ ހިސާބުތަކުން ދައްކާގޮތުން 106214.96  ރުފިޔާ ލިބިފައިވާ ކަމަށާއި ސީދާ އަދަދު ކުރިއަށް އޮތް 2 ދުވަހެއްގެ ތެރޭގައި ހާމަކުރެވޭވަރުވާނެކަމަށް ކިހާދޫ ސްކޫލުން ހާމަކުރެއެވެ.

މިޑިނަރ ނައިޓަށް ރިސޯޓްތަކުން ބޮޑުތަރުހީބެއް ލިބިފައިވެއެވެ.  އެގޮތުން ސްކޫލުން ލަފާކުރާގޮތުން 800 އަށް ވުރެ ގިނަ މީހުން ހަމައެކަނި ރަށުން ބޭރުން މިޑިނަރ ނައިޓަށް ޒިޔާރަތްކޮށްފައިވެއެވެ. ޑިނަރ ނައިޓް ފެށިގެން ދިޔައީ 8:45 ގައި ހިތާދޫ ބޮޑުބެރު ގުރޫޕްގެ ބޮޑުބެރާއެކުއެވެ.

ދިވެހި ސުފުރާގައި ލިބެންހުރި ތަކެތީގެ ތެރޭގައި ތާޒާ ފިހުނުމަސް، މަސްކާށި، ގަރުދިޔަ، ކަނޑުކުކުޅު، ތެލުލި ރެހި، ބަތް، ކަށިކެޔޮ ފޯ، ފަޅޯއަސާރަ މިހެންގޮސް ތަފާތުވައްތަރުގެ ދިވެހިކެއުން ލިބެންހުއްޓެވެ. ރަށުން ބޭރުން ޒިޔާރަތްކުރި ގިނަ މީހުންނަށް އެންމެ ކަމުދިޔައީ ފިހުނުމަސް ކަމުގައި ގިނަބަޔަކު ފާހަގަ  ކުރިއެވެ. އެހެން އަހަރުތަކާ ހިލާފަށް މިފަހަރު ފިހުނުމަހުގެ ގޮތުގައި ގިނައިން ހުރީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ މަސްފިހުމަށް ހާއްސަ ކުދި ކަޅިއްސާ ގިނިމަސް ފަދަ މަސްމަހެވެ.

ރަށުގެ ކުދިބޮޑު އެންމެން އެކުވެގެން ކުރިޔަށްގެންދިޔަ މިކާމިޔާބު ޑިނަރނައިޓްގެ މަޤްސަދަކީ ޕީޓީއޭ އަށް ފައިސާހޯދުމެވެ. އަދި މީގެ އިތުރުން ކޮންމެ އަހަރަކު މިކަން ކުރެވެމުންދާކަމީ ރަށުގެ އެކުވެރިކަމާ އެއްބައިވަންތަކަން އިތުރުވެގެންދާކަމެކެވެ.

ޝެއާކުރައްވާ

1 Comment

ޚިޔާލު ފާޅުކުރަށްވާ