ފިނޮޅަހަށް ކެންގަރޫ- ކަނިފުއްޓަށް މާދޫނި

0

ދިވެހި ރާއްޖޭގެ ރަށަކުން ދުވަހަކުވެސް  ކެންގަރޫއެއް ފެނިދާނެ ކަމަށް ހީކުރިންތޯއެވެ؟ މިހާރު މިއޮތީ އެދުވަސް އައިއްސައެވެ. މާދުރަކުން ނޫނެވެ. ރަށް ކައިރީގައި އޮތް ފިނޮޅަހުންނެވެ.

ބ. ފިނޮޅަހުގައި އަމިއްލަ ފުށީގެ ނަމުގައި ރިސޯޓް ތަރައްގީ ކުރާ ފަރާތާ ހަވާލާދީ ރާއްޖޭގެ ޓުއަރިޒަމް ޚަބަރުތައް ގެނެސްދޭ ސައިޓެއްގައިވާ ގޮތުން މިހާރު ވަނީ ފިނޮޅަހަށް ކެންގަރޫ ތަކެއް ގެނެސްފައެވެ. އަދި މީގެ އިތުރުން ރިސޯޓް ހިންގާ ފަރާތް ވަނީ އިންސްޓަގްރާމްގައި މިކަން ޔަގީންކޮށް ދީފައެވެ. އަދި މީގެ އިތުރުން ކަނިފުށީިގައި ތަރައްގީ ކުރާ ރިސޯޓަށް ވަނީ “އެމޫ” ނަމަކަށް ކިޔާ މާދޫނި ތަކެއްވެސް ގެނެސްފައެވެ

ރާއްޖޭގައި އޮތް ހަމަ އެކަނި ބަޔޯސްފިއާ ރިޒާވަށް ކެންގަރޫ އާައި މާދޫނި ފަދަ  މާހައުލާ  ބީރައްޓެހި ޖަނަވާރުތައް ގެނައުމަކީ ވަރަށް ދެރަކަމެއްކަމަށް ކަމުގެ މާހިރުން ދަނީ ބުނަމުން ނެވެ. ޓުއަރިޒަމް ކުރިއެރުވުމުގެ ނަމުގައި ކުރެވޭ މިފަދަ ކަންކަމުން މުސްތަގުބަލުގައި އޭގެ ގެއްލުން ކުރިމަތި ވުމަކީ އެކަށީގެން ވާ ކަމަކެވެ.

ކޮންމެއަކަސް އަމިއްލަ ފުށި އަމިއްލަ  ވީވަރުން މިހާރު މިވަނީ ކެންގަރޫއަށް ރާއްޖެ އާދެވިފައެވެ.  އަދި ދުވަސް ކޮޅަކުން މިނިކާ ވަގުތަކާއި ޖިރާފުތައް ރިސޯޓުތަކުން ފެނުމަކީ މާ ދުރުގައިވާ ކަމެއް ނޫނެވެ.

 

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ