ކިހާދު މޯލްޑިވްސް އާއި ސޮނެވާފުށި ބައްދަލުކުރި މެޗް އެއްވަރުވެއްޖެ

0

ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެގައި އިއްޔެ ހަވީރު ކިހާދު މޯލްޑިވްސް އާއި ސޮނެވާފުށި ކުޅުނު  ފުޓްބޯޅަ މެޗް  2 – 2 އިން އެއްވަރުވެއްޖެއެވެ.

އޭދަފުށި ދަނޑުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި މެޗްފަށައިގެން ސޮނެވާޓީމް ހަމަޔަކަށްނޭޅި އުޅެނިކޮށް ކިހާދު މޯލްޑިވްގެ ހުސައިން ސާމިރު (ޖ.15 ) ލަނޑު ޖަހާ ސްނެވާޓީމް ހާސްކޮށްލިއެވެ. މިލަޑާއެކު ކިހާދު މޯލްޑިވްސްގެ ޓީމް އިން ފުރަތަމަ ހާފްގެ ކޮންޓްރޯލް ހޯދައި ރަގަޅު ކުޅުމެއް ދެއްކިއެވެ. ސޮނެވާޓީމަށް އިތުރުހިތްވަރެއް ލިބިގެންދިޔައީ މެޗްގެ 24 ވަނަ މިނެޓްގައި އެޓީމްގެ ނިޒާމް ( ކިތުނާ ) ކިހާދު މޯލްޑިވްސްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާނަގާ ނަތީޖާ ހަމަހަމަ ކޮށްދިނުމުންނެވެ. މިލަޑު ޖެހުމަށްފަހު ސޮނެވާގެ ޓީމުން ހަމަޖެހިނުލެވި އުޅެނިކޮށް ދެވަނަފަހަރަށް ކިހާދޫ މޯލްޑިވްސް އިން ސޮނެވާގެ މައްށަށް ކުރިހޯދިއެވެ. މިލަޑު ކިހާދު މޯލްޑިވްސް އަށް ޖަހާދިނީ އަލީ ހުސައިން ( ޖ.11 ) އެވެ.

ފުރަތަމާ ހާފާހިލާފަށް މެޗްގެ ދެވަނަ ހާފް ފެށިގެން ދިޔައީ ސޮނެވާޓީމްގެ ކެޕްޓަން މަޖީދު ( މަޖިއްޓޭ ) ލަޑުޖަހައި ސޮނެވާޓީމަށް ކުޑަވަރެއްގެ ހިތްހަމަޖެހުމެއް ގެނެސްދިނެވެ. ވޭތުވެދިޔަ 2 އަހަރުވެސް މިމުބާރާތް ކާމިޔާބުކުރި ސޮނެވާޓީމަށް  ކިހާދު މޯލްޑިވްސްގެ އަތްދަށުނުވެ ސަލާމަތްވީ ސޮނެވާގެ ނަސީބުންނޭބުނެވިދާނެއެވެ. ސަބަބަކީ މުޅިމެޗްގައިވެސް ސޮނެވާޓީމަށްވުރެ ގިނަ އަދި ނުރައްކާތެރި ހަމަލާތައްފެނިގެންދިޔައީ ކިހާދު މޯލްޑިވްސްގެ ޓީމްގެ ފަރާތުންނެވެ. ސޮނެވާޓީމު މެޗްގެ ފަހު 15 ވަރަކަށް މިނެޓްގައި ކުޅުން ރަގަނޅުކޮށް ހަމަލާތަކެއް އުފުއްދިއެވެ. މިމެޗްގެ މޮޅުކުރުންތެރިޔަކަށް ހޮވުނީ ކިހާދު މޯލްޑިވްސްގެ ޖޯޒީނަންބަރ 10 ބޮބީއެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ