ބާ އެޓޯލް ފުޓްބޯލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު މޭމަހު ހުޅުވާލަނީ

0

ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް “ބާ އެޓޯލް ފުޓްބޯލް ޗެލެންޖް” ގައި ބައިވެރިވުމުގެ ފުރުސަތު އަންނަމަހު ހުޅުވާލާނެ ކަމަށް މި މުބާރާތް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބޭ) ބުނެފި އެވެ.

މިއަހަރުގެ މުބާރާތުގައި ހިތާދޫ އާއި ތުޅާދޫއިން ބައިވެރިވާނެ ކަމަށް މަޢުލޫމާތު ލިބިފައިވާއިރު ، ފުރަތަމަ މުބާރާތުގައި މޮޅުކުޅުމެއް ދެއްކި ކިހާދޫއިންވެސް މިމުބާރާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ގޮއިދޫއާއި، ދަރަވަންދޫ، މާޅޮސް، ކެންދޫ، ފެހެންދޫ، ދޮންފަން، ކުޑަރިކިލުގެ ބައިވެރިވެފައިވާއިރު މިއަހަރު މީގެ އިތުރުން ކިހާދޫ، ކަމަދޫ، ތުޅާދޫ،ހިތާދޫ ބައިވެރިވާނެކަމަށް ބެލެވެއެވެ.

މިއަހަރުގެ މުބާރާތުގެ ފެންވަރު ރަގަނޅުކުރުމުގެ ގޮތުން މުބާރާތް ކާމިޔާބުކުރާ ޓީމަކަށް ވޭތުވެދިޔަ 2 މުބާރާތުގައި ދީފައިވާ ފައިސާގެ އިނާމަށްވުރެ ބޮޑުއަދަދެއް ދިނުމަށް ނިންމާފައިވާކަމަށާއި،  މުބާރާތުގެ ޤަވާއިދުގެ ބައެއްމާއްދާތަކަށް ބަދަލުއައުމަކީވެސް އެކަށީގެންވާ ކަމެއެއްކަމަށް ޖަމްބެ ހާމަކުރެއްވިއެވެ.

ބ. އަތޮޅުގައި ކުޅުންތެރިން އުފައްދައި، ފަސްޓް ޑިވިޝަނުން ބ. އަތޮޅުގެ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތް މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ބޮޑު ޗުއްޓީއާ ދިމާކޮށް އޭދަފުށީ ފުޓްބޯޅަ ދަނޑުގައެވެ. މިއީ މުބާރާތް ބާއްވާ ތިންވަނަ އަހަރެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ