ކޮޅިގަނޑެއްގައި ކުޑަރިކިލަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

0
Baa Kudarikilu heavy rain

ކުޑަރިކިލަށް އައި ކޮޅިގަނޑާއެކު ގެއެއްގެ ފުރާޅު އެއްލާލާފައި- ފޮޓޯ : ސަން

މިދިޔަ އަންގާރަ ދުވަހުގެ ރޭ އައި ކޮޅިގަނޑެއްގައި މި އަތޮޅު ކުޑަރިކިލަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ކުޑަރިކިލު ކައުންސިލް ރައީސް އަބްދުލް ހަންނާނު ވިދާޅުވީ  ވިއްސާރައާއެކު އެ ރަށަށް އައި ކޮޅިގަނޑެއްގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ގިނަ ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
އެގޮތުން ދެ ގެއަކައާއި އެ ރަށު ރައްޔިތުން ގުދަނުގެ ފުރާޅު އެއްކޮށް އެއްލާލުމާއި އިޖްތިމާއީ ސެންޓަރު ބޭރު ފާރުގެ 41 ފޫޓް ވެއްޓުމުގެ އިތުރުން 25 ގަސް މުލުން ލުހިގެން ވެއްޓިފައިވެއެވެ. އަދި 8  ރުއް ވެއްޓިފައިވާއިރު 30 ގަހެއް މައިގަނޑުން ބިންދިގެން ވެއްޓިފައިވާކަމަށް ކުޑަރިކިލި ކައުންސިލުން ބުނެ އެވެ.

އައްބާސް ވިދާޅުވީ ވެއްޓިފައިވާ ރުއްގަސް ނެގުމާއި ހަލާކުވެފައިވާ ތަންތަން ހެދުމުގެ މަސައްކަތް އެ ރަށުގެ ރައްޔިތުން ކުރަމުންދާ ކަމަށެވެ.

 

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ