ބ. އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވާ ކުދިން ފުރައިފި

0

މި ހަފުތާ ބަންދުގައި ތުޅާދޫގައި އޮންނަ ބ.އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވާ ކިހާދޫ ސްކޫލުގެ ދަރިވަރުން ތުޅާދޫއަށް ދިއުމަށް ފުރައިފިއެވެ.

އެގޮތުން ކިހާދޫ ސްކޫލުން މި އަހަރުގެ މުބާރާތުގައި ބައިވެރިވަނީ ގްރޭޑް 5 ގެ ދަރިވަރު ޝިފްނާއާއި ގްރޭޑް 8 ގެ ދަރިވަރު ރިލްވާނެވެ. މި ދެ ދަރިވަރުން ވެސް ބައިވެރި ވަނީ ބަލައިގެން ކިޔުމުގެ ގޮފިންނެވެ.
މިއީ ކިހާދޫ ސްކޫލުން އަތޮޅު މުބާރާތުގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ. މި މުބާރާތަށް ކުދިން ހޮވުމަށް ޓަކައި ރަށުފެންވަރުގައި ވަނީ ޤުރުއާން މުބާރާތެއް ބާއްވާފައެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ