އަލަށް ހެދުނު ގަވާއިދުތަކަށް އޭދަފުށީ ކައުންސިލުން އަމަލުކުރަން ފަށައިފި

0
eydhafushi land reclamation- eydhafushi council enacts new regulations

ބ. އޭދަފުށި ބިން ހިއްކަނީ- އަލަށް އެކުލަވާލެވުނު ގަވައިދުތަކަށް އަމަލުކުރަން ފަށައިފި- ފޮޓޯ- ތޯރިޤް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ބ. އޭދަފުށީ ކައުންސިލުން ހަދިފައިވާ ގަވާއިދުތަކަށް އަމަލުކުރަން ފަށައިފިއެވެ.

އެގޮތުން އަލަށް އެކުލަވާލެވުނު މި 19 ގަވައިދަށް އަމަލުކުރަން ފަށާފައިވަނީ މި އެޕްރީލް މަހުގެ 16 ވަނަދުވަހުން ފެށިގެންނެވެ.

ބ. އޭދަފުށީ ކައުންސިލުން އަމަލުކުރަން ފަށާފައިވާ ގަވައިދުތައް:
1- ކުނިއުކާލުމާއި ކުނިނައްތާލުމާބެހޭ ގަވާއިދު.
2- ރަށުގެ އާންމުތަންތަނުގައި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ބޭއްވުމާބެހޭ ގަވާއިދު.
3- ލައުޑު ސުޕީކަރ ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާބެހޭ ގަވާއިދު.
4- މަގުމަތީގައި އިއުލާނާއި، އިޝްތިހާރު ހަރުކުރުމާބެހޭ ގަވާއިދު.
5- ތިމާވެށި ހިމާޔަތް ކުރުމާބެހޭ ގަވާއިދު.
6- އެއްގަމުގައިދުއްވާ އިންޖީނުލީއެއްޗެއްސާއި، އިންޖީނުނުލާ އެއްޗެހި ދުއްވުމާއި، ބޭނުންކުރުމާބެހޭ ގަވާއިދާއި، މަގުމަގާއި އާންމު ތަންތަނުގައި ޕާކު ކުރުމާއި، ޕާކު ކުރުމުގެ ފީ ނެގުމާބެހޭ ގަވާއިދު.
7- ކަނޑުތޮށީގައާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި، ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި، އެކަންކަމަށް ފީ ނެގުމާބެހޭ ގަވާއިދު.
8- ފިހާރަ ފިހާރައިގެ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމާއި ފިހާރައިގެ ދޮރުންބޭރުގައި މަގުމައްޗަށްވާގޮތަށް މުދަލާއި ތަކެތި ބެހެއްޓުމާބެހޭ ގަވާއިދު.
9- ގޯތިގެދޮރާއި ބިމާއި، އިމާރާތް ކުއްޔަށް ދޫކުރުމާބެހޭ ގަވާއިދު.
10- އާންމު ތަންތާގައި މަގުމައްޗާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު.
11- ވަގުތީގޮތުން މަގު ބަންދުކުރުމާބެހޭ ގަވާއިދު.
12- ގޭގެއިން މަގުހުރަހަށް ދަނޑި، ދަނގަޑު، ހޮޅި، ވާ، ޓިނުފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ ގަވާއިދު.
13- އޮޑިހަރުގެއާބެހޭ ގަވާއިދު.
14- މަގުމަތި ކުނިކެހުމާބެހޭ ގަވާއިދު.
15- މަގުފާރު އަދި އިންފާރު ތަޅާލުމާބެހޭ ގަވާއިދު.
16- ގޭގެ ފުރާޅުން މަގުމައްޗަށް ހުންނަ ފެންހިންދުމާބެހޭ ގަވާއިދު.
17- ކައުންސިލުން ދޫކުރާ ހުއްދަތައް ދޫކުރުމާބެހޭ ގަވާއިދު.
18- ރަށާގުޅިފައިވާ ކަނޑުގައި ނުވަތަ ރަށުގެ ފަޅުގައި ނުވަތަ ރަށުގެ އާންމުތަންތަނުގައި ފިލްމުނަގަން ހުއްދަދިނުމާއި ފީނެގުމާބެހޭ ގަވާއިދު.
19- ރަށްރަށުގެ ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ