ކިހާދޫ ބަނދަރުގެ ބޭރު ތޮށިގަނޑު މަރާމާތުކުރަން ފަށައިފި

0

ކިހާދޫ ބަނދަރުގެ ބޭރުތޮށިގަނޑު ޖެހިތާ 10 މަސްދުވަސް ފަހުން މަރާމާތުކުރަން ފަށައިފިއެވެ.

ރައްޔިތުންގެ ބުރަމަސައްކަތުން ޖެހިތޮށިގަނޑަށް އަހަރު ނުވަނީސް މަރާމާތުކުރަންޖެހުނީ ތޮށިގަނޑުގެ ބޭރުފަރާތަށް ބިންދާ ރާޅުގެސަބަބުން ތޮށިގަނޑުގައި ޖަހާފައިވާ ގާތައް މަޑުމަޑުން ނެއްޓިގެން ދާތީއެވެ. ބަނދަރު ތޮށިގަނޑު ހެދުމަށް ވޭތުވެދިޔަ ކައުންސިލުން ކުރިމަސައްކަތުން ސަރުކާރުންދެއްވި 800 ކޮތަޅު ސިމެންތީގެ ބޮޑުބައެއް ބޭނުން ކޮށްގެން  ހުޅަނގުކޮޅު ތޮށިގަނޑުވަނީ  މިދިޔަ އަހަރު ލާފައެވެ. މިހާރު ކުރިޔަށްދާ މަސައްކަތުގައި  ތޮށިގަނޑުގެ ބޭރުން ވެލިބަސްތާ ޖަހަމުންދަނީ ކައުންސިލާ ރައްޔިތުންގެ ތެރެއިން މަދުބައެއްގެ ބުރަމަސައްކަތުންނެވެ.

 ރަށުގެ ތަރައްގީއަށް ކުރެވެމުންދާ މިފަދަ ބޮޑެތި މަސައްކަތަށް މިހާރަކަށްއިސް ރަށުގެ ގިނަބައެއްގެ ފަރާތުން އެއްބާރުލުން ނުލިބޭކަން ފާހަގަ ކޮށްލެވެއެވެ. މިކަމުގެ ހެއްކެއްގެ ގޮތުން ހުސްވި ހަފްތާބަންދުގައި ތޮށިގަނޑުގެ މަސައްކަތް ކުރިއިރު ރަށުގެ ޒުވާނުންނާއި ބައެއް އޮޑިފަހަރާއި ލޯންޗްފަހަރު ގެންގުޅޭ ބޭފުޅުންގެ އިތުރުން ޤަވާއިދުން މަސްވެރިކަމުގައި މަސައްކަތްކުރާ ބޭފުޅުންވެސް އަތިރިމަތީގައާއި ރަށުގެ އެހެނިހެން ތަންތާގައި ބައިހަދާފައި ތިބިތިބުން ފުދޭނެއެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ