ކިހާދޫ ސްކޫލާއި ގޮއިދޫ ސްކޫލް ބައްދަލު ކުރަން ހަމަޖެހިފައި އޮތް ފުޓްބޯޅަމެޗް ކެންސައްވެއްޖެ

0
Goidhoo vs Kihaadhoo Baa atoll football challenge

2012 ވަނަ އަހަރު އޭދަފުށީގައި ބޭއްވި ބ.އަތޮޅު ފުޓްބޯޅަ ޗެލެންޖުގައި ކިހާދޫ ޓީމާއި ގޮއިދޫ ޓީމް ބައްދަލުކުރި މެޗްގެ ތެރެއިން

ކިހާދޫ ސްކޫލްގެ ދަރިވަރުން ނާއި ގޮއިދޫ ސުކޫލްގެ ދަރިވަރުންކުޅުމައް ހަމަޖެއްސި ފުޓްބޯޅަމެޗް މޫސްން ގޯސްވުމުގެ ސަބަބުން ކެންސަލް ކޮށްފިއެވެ.
ކިހާދޫސްކޫގެ ޕްރިންސިޕަލް ހާރޫން ޔޫސްފް ވިދާޅުވީ މެޗްކެންސަލް ކުރަން ޖެހުނީ މޫސުން ގޯސްވެ ވިއްސާރަވުމު ސަބަބުން ގޮއިދޫ ސްކޫލް ޓީމަށް ނާދެވިގެން ކަމަށެވެ. ދެން މެޗުއޮންނާނެ ވަކިތާރީޙެއް ހަމަނުޖެހޭކަމަށާއި، ތާރީޙެއް ކަންޑައަޅަން އެނގޭނީ ސްކޫލްގެ ހަރަކާތްތައް އޮންނަގޮތައްބަލައި އެކަންކަމަށް ފުށުނާރާގޮތައް ބަލައިގެންކަމައް ހާރޫން ޔޫސުފް ވިދާޅުވިއެވެ. ހާރުން އިތުރައް ވިދާޅުވީ ގޮއިދޫ ޓީމަށް އާދެވޭނެކަމައްބަލާ ވަރަށްރަނގަޅަށް ތައްޔާރުވިކަމަށާއި، މެޗް ކެންސަލްކުރީ މިއަދު ހެންދުނު 9 ޖެހިފަހުން ފަހުން ކަމަށެވެ.
ކިހާދުގެ ފްޓްބޯޅަ ޓީމަކާއި ގޮއިދޫގެ ފުޓުބޯޅަޓީމަކާ އެންމެފަހުން ބައްދަލުކޮއްފައިވަނީ 2012ވަނަ އަހަރު ބ.އަތޮޅު ފްޓްބޯޅަ މުބާރާތުގައެވެ. މިމެޗު ކާމިޔާބުކޮއްފައިވަނީ ގޮއިދޫ ޓީމެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ