ގޮއިދޫ ސްކޫލާއެކު ކުޅުނުމެޗް ކިހާދޫ ސްކޫލް ކާމިޔާބުކޮށްފި

0
goidhoo school vs kihaadhoo school

ގޮއިދޫ ސްކޫލް ޓީމާއި ކިހާދޫ ސްކޫލް ޓީމް ބައްދަލު ކުރި މެޗްގެ ތެރެއިން- ފޮޓޯ: ފޭސްބުކް- ހާރޫން

ކިހާދޫ ސްކޫލް ގެ ދަރިވަރުންގެ ޓީމާއި ގޮއިދޫ ސްކޫލް ދަރިވަރުންގެ ޓީމް ބައްދަލު ކުރި އެކުވެރި ކަމުގެ ފުޓްބޯޅަ މެޗް ކިހާދޫ ސްކޫލް ކާމިޔާބުކޮށްފިއެވެ.

ދެ ސްކޫލްގެ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް ކުޅިވަރުގެރޫހު ދިރުވުމަށް އިއްޔެ ކުޚުނު މި މެޗް ކިހާދޫ ސްކޫލު ކާމިޔާބު ކުރީ 1-0 އިން ނެވެ.

މި މެޗުގައި ފެނުނު ހަމަ އެކަނި ލަނޑު ކިހާދޫ ސްކޫލް ޓީމަށް ކާމިޔާބު ކޮށްދިނީ މެޗް ގެ ފަހުވަގުތުކޮޅުގައި ލިބުނު ޕެނަލްޓީއަކުން ކިހާދޫ ސްކޫލް ޓީމްގެ ފޯވާޑް އަފްސަލް އެވެ.   މެޗް ނިމެން 3 މިނެޓަށް ވެފައި ވަނިކޮށް  ލިބުނު މި ޕެނަލްޓީ އަކީ ގޯލް އޭރިއާ ތެރެއިން ކިހާދޫ ސްކޫލްގެ ފޯވާޑް ނުހާދުއަށް ގޮއިދޫ ސްކޫލްގެ ޑިފެންޑަރަކު ހަމަލާ ދިނުމުން ލިބުނު ޕެނަލްޓީ އެކެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ