ކިހާދޫ ޕްރީސްކޫލް ޓީޗަރުންނަށް 1 މަހުގެ މުސާރަ ދީފި

2

ކިހާދޫ ޕްރީސްކޫލްގައި މަސައްކަތް ކުރައްވާ 2 ޓީޗަރުންނަށް މުސާރަ ނުދޭތާ ދެމަސް ފަހުން 1 މަހުގެ މުސާރަ އިއްޔެގެ ވަގުތެއްގައި ދެއްވާފައިވާކަމަށް ކައުންސިލުން ބުނެފިއެވެ.

ކައުންސިލްގެ ރައީސް އަޙްމަދު ރަޝީދު ވިދާޅުވީ  1 މަހުގެ މުސާރަ ދެއްވީ 2 މަސްދުވަހަށް ކައުންސިލަށް ލިބިފައިވާ ފައިސާ އެއްކޮށްލައިގެންކަމަށެވެ.  އަދި މިއަންނަ މަހުތެރޭގައި އަނެއްމަހުގެ މުސާރަވެސް ދެއްވާނެކަމަށެވެ. އަޙްމަދު އިތުރަށް ވިދާޅުވީ ސަރުކާރުން ޕްރީސްކޫލް ހިންގުމަށް ދެއްވާ ފައިސާ ވޭތުވެދިޔަތަނުގައި 2 ޓީޗަރުންނަށް ދެއްވާވަރަށް ލިބުނުނަމަވެސް، ޕްރީސްކޫލް ބަޖެޓް އެޑިއުކޭޝަންގެ ދަށަށް ބަދަލުކުރުމާގުޅިގެން މިހާރު ލިބެމުންދަނީ 1 ޓީޗަރުގެ މުސާރައިގެ އިތުރުން އިދާރީކަންކަމަށް ލިބޭފައިސާ އެކަނިކަމަށެވެ. މިއައި ބަދަލާއެކު މުސާރަދިނުން ލަސްވެގެން ދިޔައީ މަދުވާފައިސާ ލިބޭތޯ މަސައްކަތް ކުރެވި، އެކަން ނުވުމުންކަމުގައެވެ.

މިހާރު ކައުންސިލުން ނިންމާފައިވަނީ ސަރުކާރުން ދެއްވާ ފައިސާ މަދުނަމަވެސް ޕްރީސްކޫލް 2 ޓީޗަރުން މިހާރެކޭއެއްގޮތަށް ހަމައެމުސާރާގައި ގެންގުޅޭށެވެ. އެގޮތުން މުސާރަ ދިނުމަށް މަދުވާފައިސާ ކައުންސިލް ބަޖެޓްގެ ތެރެއިން ހަމަޖައްސާގޮތަށް ނިންމާފައިވާކަމަށް އަޙްމަދު ވިދާޅުވިއެވެ.

ޝެއާކުރައްވާ

2 Comments

  1. ހަފުތާއަކު އެެެެއްފަހަރު ނަމަވެސް އަޕްޑޭޓް ކޮއްލެއްވުން އެދެން؟

ޚިޔާލު ފާޅުކުރަށްވާ