ބޯޅަދަނޑުގައި ލައިޓް ޖަހައިގެން ފުޓްބޯޅަ ކުޅެން ފަށައިފި

0

ބ.ކިހާދޫ ޒުވާނުން ރޯދަމަހު ފުޓްބޯޅަ ކުޅުމަށްޓަކައި ކިހާދޫ ފުޓްބޯޅަ ދަނޑުގައި ލައިޓް ޖަހައިގެން ކުޅެން ފަށައިފިއެވެ. ޒުވާން ކުދިންކޮޅެއްގެ ބުރަމަސައްކަތުން ލައިޓް ހޯދާ ފުޓްބޯޅަ ދަނޑުގައި ލައިޓްތައް ހަރުކުރީ ރޭގައެވެ.

މިއީ ކިހާދޫގައި ލައިޓް ޖަހައިގެން ރޯދަމަހެއްގައި ފުޓްބޯޅަ ކުޅޭ ދެވަނަ ފަހަރެވެ. މިކަމުގެ ސަބަބުން ކިހާދޫ ފުޓްބޯޅައަށް މިއަހަރު ރަގަނޅު ބަދަލެއް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ކިހާދޫ ޓީމް މިއަހަރު ބ.އޭދަފުށިގައި ބާއްވާ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާގޮތަށް ނިމިފައިވާއިރު މިކަމުގެ ސަބަބުން ކުޅުންތެރިންނަށް ބުންވަރު އިތުރުވެ ފުޓްބޯޅައިގެ ފޯރި ގަދަވެގެންދާނެއެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ