އީދު ކުޅިވަރުތައް މިފަހަރު ” އަޅޯގަނޑު ފޯރި 1435 ” ގެ ނަމުގައި.

0

މިއަހަރު ފިޠުރު އީދުގައި އަޅޯގަނޑު ފޯރި 1435 ގެ ނަމުގައި އީދުކުޅިވަރުތަށް ބޭއްވުމަށް ޒުވާން ކުދިންކޮޅެއް އިސްނަގައިގެން މަސައްކަތް ފަށާފިއެވެ.

އެގޮތުން މިހާރުވަނީ އެކިއެކި މުބާރާތްތަކުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ފުޓްސަލް މުބާރާތުގައި ބައިވެރިވާ ޓީމްތަކުން ޖުލައި 24 ވަނަ ދުވަހުގެ ކުރިން ފޯމްހުށަހަޅާ ރަޖިސްޓްރީ ކުރަންޖެހެއެވެ. އެހެނިހެން ކުޅިވަރުތަކުގައި ( ބަރޯ ކައްޕި ، ހޭވައްލާ، ކުރުވީޑިއޯ މުބާރާތް، ވޮއިސް އޮފް ކިހާދޫ އަދި ބައިތު ބާޒީ ) ބައިވެރިވާ ޓީމުތަކުން ރޯދަމަހުގެ އެއްމެ ފަހުދުވަހުގެ ކުރިން ނަންނޯޓްކުރަން ޖެހޭނެކަމަށް މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއްކަމުގައިވާ އަޙްމަދު ޒިޔާދު މަޢުލޫމާތުދެއްވައެވެ.

ކޮންމެ އަހަރަކުވެސް ކޮންމެވެސް ބައެއްގެ އިސްނެގުމާއެކު ކުޅިވަތުތައް ކުރިޔަށް ގެންދާކަމީ ކިހާދޫގެ ރައްޔިތުންގެ ކިބައިގައި އެކުވެރިކަމާއި އެއްބައިވަންތަކަށް އާލާވެގެންދާނެކަމެއްކަން ޔަޤީނެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ