ކުޑަ މޫސައާއެކު ފުޓްބޯޅަ ކޯޗިން ކޭމްޕް ފަށައިފި

0

މި އަހަރު ފަހުކޮޅު ބާއްވާ ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖަށް ތައްޔާރުވުމުގެ ގޮތުން ކިހާދޫގައި ފުޓްބޯޅަ ކޯޗިން ކޭމްޕެއް ފަށައިފިއެވެ.

ކިހާދޫން މި މުބާރާތަށް ތައްޔާރުވުމަށް އެކުލަވާލި ކޮމެޓީން އިންތިޒާމް ކޮށްގެން އެއް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށްރާވާފައިވާ މި ކޯޗިން ކޭމްޕްގައި އިރުޝާދު ދެއްވަނީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ކުޑަމޫސަ އެވެ.

މި ކޯޗިން ކޭމްޕްގައި ރަށުގައި މިވަގުތު ތިބި ގިނަ ޒުވާނުންގެ އިތުރުން ރަށުން ބޭރުގައި އުޅޭ ބައެއް ކުޅުން ތެރިންވެސް ދަނީ ބައިވެރި ވަމުންނެވެ. އަދި އެކަށިގެން ވާ ތަރުހީބެއް ކުޅުންތެރިންގެ ފަރާތުން ލިބިގެންދާކަން ފާހަގަ ކޮށްލެވެއެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ