ކޯޗިން ކޭންޕާއެކު ކުޅުންތެރިންނަށް އިތުރު ފުރުސަތުތަކެއް

0

މިއަހަރުގެ ފަހުކޮޅު ބ.އޭދަފުށީގައި ބާއްވާ ބ.އެޓޯލް ފުޓްބޯލް ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން ބ.ކިހާދޫ ގައި ކުރިއަށްގެންދިޔަ ފުޓްބޯޅަ ކޭންޕް ކާމިޔާބުކަމާއެކު ނިންމާލާފިއެވެ. މިކޭންޕްގެ އެންމެ ފަހު ފަރިތަކުރުންތައް އޮތީ ހޮނިހިރުދުވަހުގެ ހަވީރެވެ. މިފަރިތަކުރުމަށް ފަހު ކޯޗިންގ ކޭންޕްގައި ކުޅުންތެރިންނަށް އިރުޝާދުދެއްވި ގަރުނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ މޫސާ މަނިކް ވަނީ ކުޅުންތެރިންގެ ފަރާތުންނާއި މެނޭޖްމަންޓްގެ ފަރާތުން ލިބިނު އެއްބާރުމަށް ޝުކުރުދަންނަވާފައެވެ.

ކިހާދޫ ޓީމްގެ މެނޭޖްމަންޓާ ކުޅުންތެރިން ގުޅިގެން މޫސާ މަނިކް އަދި ކ.ހުރާ ޓީމްގެ ކޯޗް ރަފީއުއަށް ވަނީ ރޭގަނޑުގެ ފަރިއްކޮޅެއް އަރުވާފައެވެ. ކިހާދޫ ސްކޫލްގެ ގޯތިތެރޭގައި ބޭއްވި މިފަރިއްކޮޅުވެގެން ދިޔައީ ކުޑަ މޫސައާއި ރަފީޢުއަށް ލިބިގެންދިޔަ ބޮޑު ސިހުމަކަށެވެ.  އެއީ ކުރިން އެނގުމަކާ ނުލާ އެފެންވަރުގެ ފަރިއްކޮޅެއް ކުޅުންތެރިންނާއި މެނޭޖްމަންޓުން ތައްޔާރުކޮށްލިލެއް ފުރިހަމަ ކަމުންނެވެ.

ފަރިއްކޮޅު ނިންމާލުމަށްފަހު މެނޭޖްމަންޓާއި ކުޅުންތެރިންގެ ފަރާތުން ކުޑަ މޫސަ އަދި ރަފީޢުއަށް ޝުރުދެންނެވުމުގެ ގޮތުން މެނޭޖްމަންޓް ކޮމީގެ ފަރާތުން ހާރޫން ޔޫސުފް ވާހަކަފުޅުދެއްކެވިއެވެ. އަދި ކުޅުންތެރިންނާއި މެނޭޖްމަންޓްގެ ފަރާތުން މޫސަގެ އަރިހުން މުބާރާތުގެ ކުރިން މޫސަގެ އިރުޝާދު ލިބޭނެކަމަށް އުއްމީދުކުރާކަމަށް ވެސް ދެންނިއެވެ. އަދި ކޯޗިން ކޭންޕްގައި އިރުޝާދު ދެއްވި 2 ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން މެނޭޖްމަންޓްގެ ފަރާތުން ކިހާދޫގެ ނަން ޖެހާފައިވާ ޖޯޒީ އެއް ކޮންމެ ބޭފުޅަކާ ހަވާލުކުރެވުނެެވެ. އަދި ބ.ކިހާދޫ ފެހިވިލާ މުހައްމަދު ޖަމީލް ކިހާދޫ ފުޓްބޯޅައަށް ކޮށްދެއްވަމުންގެންދަވާ މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ޓްރޮފީއެއް ހަވާލުކުރެވުނެވެ.

ފަރިއްްކޮޅު ނިންމާލުމުގެ ގޮތުން 2 ކޯޗުންގެ ފަރާތުން މޫސާ މަނިކު ވާހަކަފުޅުދެއްކެވިއެވެ. މޫސަގެ ވާހަކަ އަލިއަޅުވާލީ މެނޭޖްމަންޓާއި ކުޅުންތެރިންގެ ފަރާތުން ލިބުނު ބޮޑު ސަޕޯޓުގެ އިތުރުން ކުޅުންތެރިން ރަގަޅު ކޮށްލަންޖެހޭ ކުދިކުދި ކަންތަކުގެ މައްޗަށެވެ. މޫސަގެ ވާހަކަކޮޅު ނިންމާލީ ކުޅުންތެރިންނާއި މެނޭޖްމަންޓުން އެދުނުފަދައިން ކިރިޔާވެސް ހުސްވަގުތެއްލިބިއްޖެ ނަމަ އައިސްދޭނެކަމުގެ އުފާވެރިހަބަރު ކިހާދޫގެ ކުޅުންތެރިންނަށާއި މެނޭޖްމަންޓަށް ދިނުމަށްފަހުގައެވެ. އަދި ކިހާދޫގެ ފުޓްބޯޅައަށް ކުރިއެރުން ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

ކުޅުންތެރިންނަށާއި މެނޭޖްމަންޓަށް ސިހުންލިބިގެންދިޔައީ މުބާރާތުގެ ކުރިން ކިހަދޫ ޓީމްގެ ގޯލްކީޕަރ އަޙްމަދު ފަވާޒު، ޒުވާންފޯވާޑް ހުސައިން އީމާން ، މިދެކުޅުންތެރިނަށް ރަފީއުގެ އަމިއްލަހަރަދުގައި އިތުރު ތަންރީން ހޯދުމަށް ކ.ހުރައަށް ގެންދާނެކަމަށް ރަފީއު އިޢުލާން ކުރުމާގުޅިގެންނެވެ. މިއީ މިފަދަ ކޯޗިން ކޭންޕްތައްބޭއްވުމުގެ ސަބަބުން ކުޅުންތެރިންނަށް ލިބިގެންދާ އިތުރު ފުރުސަތުތަކެކެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ