ދަރަވަންދޫ ކައުންސިލްގެއިދާރާއަށް އިންފޮމޭޝަން އޮފިސަރެއް ހަމަޖައްސައިފި

0

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް (ޤާނޫނު ނަންބަރު: 2014/1) 2014 ޖުލައި 12 އިން ފެށިގެން ޢަމަލު ކުރަން ފަށާގޮތަށް ހަމަޖައްސަވާފައިވާތީ އެ ޤާނޫނުގެ ދަށުން މަޢުލޫމާތު ދިނުމަށް މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއިން އިންފޮމޭޝަން އޮފިސަރ ޢައްޔަންކޮށްފިއެވެ.

އެގޮތުން އިންފޮމޭޝަން އޮފިސަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އިބްރާހިމް ހުސާމިން
މޮބައިލް ނަންބަރު: 7991987
އީމެއިލް: dharavandhoo@baa.gov.mv
އިންފޮމޭޝަން އޮފިސަރަކީ މަޢުލޫމާތު ހޯދުމާއި ލިބިގަތުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ދިނުމަށް ޢައްޔަންކުރެވިފައިވާ މުވައްޒަފެކެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ