ކިހާދޫގައި އަޅަންފެށި މިސްކިތް ނިންމަން ސިފައިން ނެރެންވީ ނޫންތޯ!!

0

Kihaadhoo Mosque status

2011 ވަނަ އަހަރުގެ ނޮވެންބަރު މަހު އެގްރިމެންޓް ކުރެވިގެން ބ.ކިހާދޫގައި އަޅަންފަށި މިސްކިތެއްގެ މަސައްކަތް ކުރިޔަށް ނުގޮސް ހުންނަތާ މިހާރު ދޮޅު އަހަރު ވަނީއެވެ. 3.5 މިލިޔަން ރުފިޔާއަށް އަމޭން މޯލްޑިވްސްއާ މަސައްކައް ހަވާލު ކުރީ 10 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ކުރީގެ މަޖްލިސް މެންބަރު މުއްޠަލިބުގެ އަނބިކަނބަލުންގެ އަމޭން މޯލްޑިވްސް އިން މަސައްކަތް ފެށުމަށްފަހު އެތައް ދުވަހެއް ވީއިރުވެސް މިސްކިތް ނިމޭގޮތެއް ނުވިއެވެ.

އެކި އެކި މައްސަލަތައްޖެހި މަސަތްކަތް ކުރަން އަންނަ ފަރާތްކުން ވަނީ މަސައްކަތް ހުއްޓާލާފައެވެ. އެހެން ނަމަވެސް ޕްރޮޖެކްޓް ހަވާލުކުރި ފަރާތުން ނާއި އިސްލާމިކް މިނިސްޓްރީން އެކަމަށް އެއްވެސް ހައްލެއް ގެނައުމަށް މަސައްކަތް ކުރިތަނެއް ނުފެނެވެ. މިސްކިތް އަޅަންފެށި ސަރަހައްދުގައި މިހާރުވަނީ ގަސްބޯވެ ވާހެދިފައެވެ.

Kihaadhoo mosque site

މިސްކިތް އަޅަންފެށި ސަރަހައްދުގައި ގަސްބޯވެ ވާހެދިފައި

މިސްކިތުގެ މަސަތްކަތް ލަސްވަމުން ދާތީވެ ޝަކުވާކުރުމުން އިސްލާމިކް މިނިސްޓްރީން ވަނީ އެހެންބަޔަކާ މިސްކިތުގެ މަސަތްކަތްހަވާލު ކުރަން އުޅޭކަމަށް ހާމަކޮށްފައެވެ. އެހެންނަމަވެސް އޭގެ ފަހުން މަސްދުވަސް ވީއިރުވެސް އެބުނާ ބަޔަކާ މަސައްކަތް ހަވާލުކުރިކަމެއް ނުވަތަ ނޫންކަމެއްވެސް އެނގޭކަށް ނެތެވެ. ދިހަ ބާރަ ސެކްޝަން ހަދައިގެން މިނިސްޓްރީ ހިންގާއިރު މަސައްކަތްތައް ލަސްވުމުން އެކަމާ ޒިންމާ ނަގާނެ ފަރާތެއްވެސް ނެތެވެ.

 

ރާއްޖޭގެ އެކި ރަށްރަށުގައި ފުޓްސަލް ދަނޑުތަކާއި، ކުޅިވަރު އެކުވެނިތައް ނިންމުމަށް ދިވެހި ސިފައިން ނެރޭގޮތަށް ބ. ކިހާދޫގައި އަޅަންފެށި މިސްކިތް ނިންމުމަށް ސިފައިން ނެރެން ކިހިނެއް ވާނެތޯއެވެ؟

 

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ