ކިހާދޫ ކައުންސިލްގެ ހުރިހާމެމްބަރުން ރަސްމީ ދަތުރެއްގައި މާލެ ހިގައްޖެ.

0

ބ.ކިހާދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އަސާސީ އަދި އިޖުތިމާއީ އެކިއެކި މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކިހާދޫ ކައުންސިލުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ އިސްބޭފުޅުންނާ ބައްދަލުކުރުމަށްޓަކައި ކިހާދޫ ކައުންސިލްގެ 5 މެމްބަރުން ރޭ މާލެފުރައި ވަޑައިގެންފިއެވެ.

ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ރަޝީދު މަޢުލޫމާތު ދިންގޮތުގައި މިދަތުރުގެ މައިގަނޑު ބޭނުމަކީ ކިހާދޫގެ ބަނދަރުގެ އެއްގަމު ތޮށި ސުނާމީއަށްފަހު ހަލާކުވެފައިވާތީވެ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ކައުންސިލް މެމްބަރުން ސީދާ ބައްދަލުކޮށް މިކަމަށް ހައްލެއް ލިބޭތޯ މަސައްކަތްކުރުމެވެ.

މީގެ އިތުރުން ކިހާދޫގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ފަސޭހަކަމާއިއެކު ޑޮކްޓަރެއްގެ ހިދުމަތް ހޯދައިދިނުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކާއި ބައްލަކުރުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި ފުރުސަތު ލިބުނުވަރަކުން އެހެނިހެން ދާއިރާތަކުގެވެސް ބޭފުޅުންނާއި ބައްދަލުކޮށް ކިހާދޫއަށް ކުރިމަތިވެފައިވާ ދަތިކަންތަކުގެ ކަންތައްތައް އެފަރާތްތަކާއި ހިއްސާކޮށް އެކަންކަމަށް ހައްލުހޯދުމަށްވެސް މަސައްކަތް ކުރައްވާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކައުންސިލްގެ މިދަތުރުގައި ހަފްތާއެއް ހާދުވަސް ނަގާނެކަމަށް ލަފާކުރެވޭއިރު މިދަތުރުގެ ސަބަބުން ކޮންމެވެސްކަހަލަ ހައްލުތަކެއް ލިބިގެންދާނެކަމަށްވެސް ކައުންސިލުން އުއްމީދުކުރެއެވެ

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ