ކިހާދޫ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ނަޖުލާ އަބްދުލް ޣަފޫރު

0

ކިހާދޫ ސްކޫލުގެ 2014 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި އެވެ. 12 ސެޕްޓެމްބަރ 2014 ވީ ހުކުރު ދުވަހުގެ ހަވީރު 16:00 ގައި ބޭއްވުނު މި ޖަލްސާގެ ޝަރަފުވެރި މެހުމާނަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސެންޓްރަލް ޔުނިޓް ހިންގެވުމާއި ހަވާލުވެ ހުންނެވި އަލްފާޟިލް އަބްދުﷲ އިމްރާނެވެ.

ތަފާތު އެކި އެކި ވަނަތަކަށް 60 އަށް ވުރެ ގިނަ ދަރިވަރުން ހޮވިފައި ވާއިރު ، އޯލެވެލެ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ޕީ.ޓީ.އޭ އިން ދޭ ފައިސާގެ އިނާމު ހާޞިލުކޮށްފައިވަނީ ޝިފާނާ ޒާހިރު ، އާއިޝަތު ނާއިފާ އަދި ނަޖުލާ ޢަބްދުލް ޣަފޫރެވެ. މުޅި ސްކޫލުން އަޚްލާޤީ ގޮތުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވިފައިވަނީ ގްރޭޑް 4 ގެ ދަރިވަރު އާއިޝަތު ޝިފްނާއެވެ. އަދި 2013 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު ހައުސަކަށް ނެޕްޓިއުން ހައުސް ހޮވިފައިވާއިރު ، ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ 2013 ވަނަ އަހަރުގެ ސްކޫލް ކެޕްޓަން ބ. ކިހާދޫ ޑޭޒީވިލާ ނަޖުލާ އަބްދުލް ޣަފޫރެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ