އުއްމީދީ ބަށި މުބާރާތް 2014 މިއަދު ފަށަނީ

0

ބ.ކިހާދޫ ޒުވާން އަންހެން ކުދިން އިސްނަގައިގެން ކިހާދޫގައި ބާއްވާ ” އުއްމީދީ ބަށިމުބާރާތް 2014 ” މިއަދު ހަވީރު 16:00 ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިންތިޒާމް ކޮމެޓީގެ ފަރާތުން މަޢުލޫމާތު ދެއްވާފިއެވެ.

ރާއްޖޭގައި ކުރިން ބަށި ކުޅެމުންދިޔަ ގަވާއިދު ބަދަލުކޮށް އެސްޓިއޯއިން ވޭތުވެދިޔަ 2 އަހަރު ބޭއްވި އޯކިޑް ބަށިމުބާރާތުގެ ޤަވާއިދާ އެއްގޮތަށް ކުރިއަށް މިގެންދާ މިމުބާރާތުގެ މަޤުސަދަކީ ކިހާދޫގައި ބަށި ދިރުވާ އަލާކުރުމުގެ އިތިރުން އަލަށް ހެދިގެންމިދާ ޤަވާއިދުތަކަށް ކުޅުންތެރިން އަޙްލުވެރިކުރުވާ އެކުވެރިކަން އާލާކުރުން ކަމުގައި އިންތިޒާމް ކޮމެޓީގެ މެމްބަރެއްކަމުގައިވާ އާއިޝަތު ފަރީޝާ ވިދާޅުވިއެވެ.

މުބާރާތުގައި ކިހާދޫގެ 4 ޓީމް ބައިވެރިވެފައިވާއިރު މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ ލީގުއުސޫލުން ކުޅެ އެންމެގިނަ ޕޮއިންޓް ލިބޭ ދެޓީމެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 5 އޮކްޓޯބަރ 2014 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:00 ގައެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ