6 އަހަރުދުވަހުގެ އަގުހުރި ޚިދުމަތަށް ފަހު ރަޖީވް ކިހާދޫ ސްކޫލަށް އަލްވަދާއު ކިޔަނީ

0

ބ.ކިހާދޫ ސްކޫލްގައި މަސައްކަތް ކުރައްވަމުންގެންދަވާ އެކްޓިން ލީޑިންގ ޓީޗަރ ރަޖީވް މިއަހަރުގެ ދިރާސީއަހަރާއެކު ކިހާދޫ ސްކޫލަށް އަލްވަދާޢު ކިޔަން ނިންމާފައިވާކަމަށް ކޭއެލް އަށް މަޢުލޫމާތު ލިބިއްޖެއެވެ. މިކަމާގުޅޭގޮތުން ރަޖީވްގެ ބަހެއް ހޯދުމަށް ކޭއެލްގެ ފަރާތުން އޭނާއާއި ބައްދަލުކުރުމުން ވަޒީފާއިން ވަކިވާން ސިޓީ ހުށަޅާފައިވާ ކަން ޔަގީންކޮށްދިން ނަމަވެސް ބުނެފައިވަނީ އިތުރު މަޢުލޫމާތު މިދަޑިވަޅުގައި ހާމަކުރެވެން ނެތް ކަމަށެވެ.

ކޭއެލްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުން ރަޖީވް ކިހާދޫ ސްކޫލަށް އަލްވަދާޢު ކިޔަން ޖެހުނު މައިގަނޑު ސަބަބަކީ ކިހާދޫސްކޫލްގެ މެނޭޖްމަންޓަށް އައި ބަދަލުތަކާގުޅިގެންނެވެ. އެގޮތުން ރަޖީވް ވޭތުވެދިޔަ އަހަރުތަކުގައި ކިހާދޫ ސްކޫލްގެ މެންދުރުފަހުގެ ދަންފަޅި ބެލެހެއްޓުމުގެ ޒިންމާ ނަގަމުންދިޔަ މުވައްޒަފުންނާއި ގުޅޭ ލީޑަރެއްގެ ގޮތުގައި ފާހަގަކުރެވިފައިވީނަމަވެސް މިހާރު އޭނާ ނަގަމުންދިޔަ ޒިންމާވަނީ އެހެން މުވައްޒަފަކާ ޙަވާލުކުރެވިފައިކަމަށް މަޢުލޫމާތު ލިބެއެވެ.

2013 ވަނަ އަހަރުގެ މާޗުމަހު އެޑިއުކޭޝަން މިނިސްޓްރީން ރަޖީވް ބ.ހިތާދޫ ސްކޫލަށް ބަދަލުކުރުމަށް އެންގުމުގުމާއެކު ކިހާދޫ ސްކޫލްގެ ބެލެނިވެރިންގެ ފަރާތުން ފެނިގެންދިޔަ ހާސްކަމާއި ނުތަނަވަސްކަން މިހާރު ފިލައިގެން ދިޔައީބާވައެވެ. އެހެނީ އެދުވަހު ކިހާދޫ ސްކޫލަށް މުހިއްމުވި އަގުހުރި ޓީޗަރެއް މިހާރު މުހިންމު ނޫނީހެއްޔެވެ. ނުވަތަ ބެލެނިވެރިންނަށް ރަޖީވް ސްކޫލާއިވަކިވެގެން ދާކަން ނޭގެނީހެއްޔެވެ. އެއްވެސް ބަލެނިވެރިއަކު ރަޖީވްއާއި ބައްދަލުކޮށް ސްކޫލާވަކިވެގެން ތިޔަދަނީ ކީއްވެގެންތޯ ސުވާލުކޮށްލިބާވައެވެ؟

ރަޖީވް އާއިއެކު މަސައްކަތް ކުރެވި މުވައްޒިފެއްގެ ހައިޞިއްޔަތުން ރަޖީވް ސްކޫލާއި ވަކިވެގެން ދިޔުމަކީ ސްކޫލަށް އަދި ދަރިވަރުންނަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ނިކަމެތިކަމެއްކަން ހުދު އަޅުގަނޑަށް އިޙްސާސް ކުރެވެއެވެ. މިފަދަ ޓީޗަރަކު މިފަދަ އާބާދީ މަދު ސްކޫލަކަށް ކުރިއަށް އޮތްތަނުގައި ލިބުމަކީ ދަތިކަމަށްވުންވެސް އެކަށީގެންވެއެވެ. އެހެންކަމުން މިފަދަ ޓީޗަރުން ސްކޫލާއި ވަކިވެގެން ދަނީ ކީއްވެގެންތޯ ބަލާލުމަކީ ހަމަކޮންމެ ބެލެނިވެރިއެއްގެ ވެސް ޒިންމާއެކެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ