އަމިއްލަފުއްޓާއެކު ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗް ކިހާދޫ ކާމިޔާބުކޮށްފި

0

ބ. އަތޮޅުގައި އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ އަމިއްލަފުށި ރިސޯޓްގެ ޓީމާކާއިއެކު ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަމެޗް ކިހާދޫ ޓީމް ކާމިޔާބުކޮށްފިއެވެ

ކިހާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މިމެޗް ކިހާދޫޓީމް ކާމިޔާބުކުރީ 5-3 އިން ނެވެ. ފޯރިގަދަ މި މެޗްގެ ފުރަތަމަ ހާފުގައި ކިހާދޫ ޓީމް 4 ގޯލް ޖެހިއިރު އަމިއްލަ ފުށީ ޓީމަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ކިހާދޫ ޓީމްގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ  ފަޔާޒުއެވެ. ދެވަނަ ގޯލާއި 4 ވަނަ ގޯލް ކާމިޔާބުކޮށްދިނީ އީމާންއެވެ. 3 ވަނަ ގޯލް ކާމިޔާބު ކޮށްްދިނީ ފައިސަލްއެވެ. ކިހާދޫ ޓީމްގެ 5 ވަނަ ގޯލް ފަހުހާފުގައި ކާމިޔާބުކޮށްދިނީވެސް އީމާނުއެވެ.

 

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ