100 ކިލޯގެ ޖަނަރޭޓަރެއް ކިހާދުއަށް ގެނެސް ހިދުމަތްދޭން ފަށައިފި

0

ފެނަކަ ކޯޕަރޭޝަން އިން ހިންގާ އިންޖީނުގެ ތަކުގެ ހާލަތު ރަގަޅުކުރުމުގެ ސިޔާސަތުގެ ދަށުން ކިހާދޫ އިންޖީނުގެއަށް 100 ކިލޯގެ ޖަނަރޭޓަރެއް ގެނެސް އިއްޔެ ހަވީރު ޚިދުމަތް ދޭންފަށައިފިއެވެ.

ބ.ހިތާދޫ އިންޖީނުގެއިން ކިހާދޫ އަށް ބަދަލުކުރި މިޖަނަރޭޓަރުގެ ސަބަބުން ކިހާދޫގެ ކަރަންޓްގެ ޚިދުމަތް ކުރިއަށްއޮތްތަނުގައި ރަގަޅުވެގެންދާނެކަމަށް ކިހާދޫ އިންޖީނުގެ ހިންގުމާހަވާލުވެ ހުންނެވި ރާފިގު މުޙައްމަދު ވިދާޅުވިއެވެ.

ކަރަންޓްގެ ޚިދުމަތް ރަގޅުވެގެން ދިޔުމަކީ ކިހާދޫގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށްވެސް ބޮޑު ހިތްހަމަޖެހުމެކެވެ. އެހެނީ މީގެ ކުރިން ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑައިގެން ދިޔުމަކީ ކިހާދޫގެ ރައްޔިތުން ތަހައްމަލުކުރަންމުން ދިޔަ ކަމެކެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ