ބަނގުރާފުޅިތަކަކާއެކު ކެންދޫން މީހަކު ހައްޔަރުކޮށްފި

0

ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ 3 ފުޅިއާއެކު މީހަކު ކެންދޫއިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 46 އަހަރުގެ މީހެއް ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އޭދަފުށި ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޭދަފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިއަދު ހަވީރު 16:04 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކެންދޫގައި އޭނާ ދިރިއުޅެމުންދާ ގެއިން ކަމަށް ފުލުހުން ވިދާޅުވި އެވެ.

އަދި ބަނގުރާ ފުޅިތައް ފެނިފައިވަނީ އޭނާ ދިރިއުޅެމުންދާ ގޭ ބަލައިފާސްކުރިކުރުމުން އެގޭތެރޭގައި ހުރި ފުޅިމަދު ފޮށިގަނޑެއްގެ ތެރެއިން ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.

ޚަބަރު: އީޓީ

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ