ގޮއިދޫ ބަލިކުރުމުގެ އުއްމީދުގައި ކިހާދޫ ޓީމް މާދަމާ އޭދަފުއްޓަށް

1

އަންނަމަހު ފަހުކޮޅު ބ.އޭދަފުށީގައި ފަށާ އެޓޯލް ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން ގޮއިދޫ ފުޓްބޯޅަ ޓީމާއި ކިހާދޫ ފުޓްބޯޅަ ޓީމާ ދެމެދު އެކުވެރިކަމުގެ މެޗެއް މާދަމާ ހަވީރު 16:00 ގައި ބ.އޭދަފުށި ފުޓްބޯޅަ ދަނޑުގައި  ކުޅޭގޮތަށް ހަމަޖެހިއްޖެއެވެ.

ކިހާދޫ ޓީމްގެ މުހިއްމުގިނަ ކުޅުންތެރިންނަށް މިމެޗްގައި ބައިވެރިނުވެވޭނެކަމަށްބެލެވެއެވެ. ޒުވާން ފޯވާޑް ހުސައިން އީމާން އަދި ގޯލް ކީޕަރ އަޙްމަދު ފަވާޒް އިންޖަރީ ވުމަކީ ކިހާދޫ ޓީމަށް ކުރިމަތިވެފައިވާ ބޮޑުމައްސަލައެއްކަމަށް ބެލެވެއެވެ.އެހެން ނަމަވެސް އެމްޕީއެލްގެ ފުޓުސަލް ޓީމްގައި ހިމެނޭ ފޯވާޑް މުޙައްމަދު އަޔާޟް އަދި ރަށުން ބޭރުން ކިހާދޫޓީމަށް ކުޅުމަށް ނިންމާފައިވާ ކ.ގުރައިދޫ މުޙައްމަދު ނަބީލަށް މިމެޗްގައި ބައިވެރިވެވޭނެކަމަށް ބެލެވުމަކީ ކިހާދޫ ޓީމަށް ލިބިގެންދާނެ ހިތްހަމަޖެހުމެކެވެ .

މިމެޗް ބަލާލުމަށްޓަކައި ކިހާދޫ ޓީމަށް 2012 ވަނަ އަހަރު ކޯޗް ކޮށްދިން ކޯޗް މުޙައްމަދު ރަފީޢު ނޫނީ ރާއްޖޭގެ ގަރުނުގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ މޫސާ މަނިކް އައުމަށް ހަމަޖެހިފައިވާ ކަމަށް ކިހާދޫ ޓީމުން މަޢުލޫމާތު ދެއްވައެވެ.

މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ބ.އަތޮޅު ޗެލެންޖް ކަޕް ކާމިޔާބުކުރުމުގެެ އުއްމީދުގައި އޮތް ކިހަދޫ ޓީމުން އެކުވެރިކަމުގެ ގިނަ މެޗްތަކެއް ކުޅޭނެކަމަށް ބެލެވެއެވެ. ކޭއެލް އަށް މަޢުލޫމާތުލިބިފައިވާ ގޮތުން ގޮއިދޫ ޓީމުގައި ރަށުންބޭރުން އެޓީމަށް ކުޅުމަށް ހަމަޖެހިފައިވާ 3 ކުޅުންތެރިންވެސް ކުޅޭނެއެވެ. މިދެޓީމް އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2012 ވަނައަހަރު އެޓޯލް ޗެލެންޖް ކަޕްގެ ސެމީ ފައިންލްގައެވެ. މިމެޗް 1-0 ކާމިޔާބު ކޮށްފައިވަނީ ގޮއިދޫ ޓީމެވެ.

ޝެއާކުރައްވާ

1 Comment

  1. ހުސް ބެލެވޭ ކަންތައްދޯ؟ ކަމެއް މީހަކު ގާތު އަހާލައިގެން ހަވާލާދީފަ ކުޑަކޮށް ޒިންމާދަރުަކަމާއެކު އޮއްޓަރު ބަހައްޓައިގެން ލިޔުން އެދެން.

ޚިޔާލު ފާޅުކުރަށްވާ