އޭދަފުށީގައި ކޭކުއަޅަން ދަސްކޮށްދޭ ކޯހެއް ފަަށަނީ

0

ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި) އިން އޭދަފުށީގައި ކޭކު ޑެކަރޭޝަން ބޭސިކް އަދި އެޑްވާންސް ކޯހެއް ފަށަން ތައްޔާރުވެއްޖެ އެވެ.

ފޭލިން ބުނީ ކޭކް ފޯ އޯލް އޮކޭޝަންސް އާއި ގުޅިގެން ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން އަންނަ ޑިސެމްބަރުމަހު 15 ގައި ފެށުމަށް ތައްޔާރުވަމުންދާ އެ ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

ފޭލިން ބުނީ ފީއެއްގެ ގޮތުގައި 2600ރ. ނަގައިގެން ފަނަރަ ދުވަހުގެ މުއްދަތަށް ހިންގާ އެ ކޯހުގައި ހުރިހާ މުނާސަބަތުތަކާގުޅޭ ކޭކު ޑެކަރޭޓްކުރަން ދަސްކޮށްދޭނެ ކަމަށެވެ.

ކޯހުގައި ބައިވެރިންނަށް ބޭނުންވާ ހުރިހާ ސާމާނެއް ކޯސް ހިންގާ ފަރާތުން ފޯރުކޮށްދޭނެ އެވެ. ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ނިއަމިޓްރޭޑްގައި ނަންނޯޓް ކުރުމަށްވެސް ފޭލިން އެދެއެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ