އޭދަފުށީގައި ފިހާރައެއް ފަޅާލައި ފައިސާ އާއި ބައެއް ސާމާނު ވަގަށް ނަގައިފި

0

ބ. އޭދަފުށީ ދިގަލިގޭ “ސްޓޯން” ފިހާރަ ރޭ ފަޅާލައި، ފައިސާ އާއި ބައެއް ތަކެތި ވަގަށް ނަގައިފި އެވެ.

އޭދަފުށީ އުތުރު ފަރާތު ބަދަރުމަތީ ހުންނަ “ސްޓޯން” ފިހާރަ އަށް ވަގު ވަދެފައި ވަނީ ފިހާރައަށް ވަންނަ މައި ދޮރު ހަލާކުކޮށްލައިގެންނެވެ.

ދިގަލި ފިހާރައިން އީޓީއާ ވާޙަކަ ދެއްކި އަބްދުލް ބާގިރު ބުނިގޮތުގައި ރޭ ދަންވަރުގެ ވަގުތެއްގައި އެ ފިހާރަ ފަޅާލައި އެތަނުން ގިނަ އަދަދެއްގެ ފައިސާ އާއި ފޯނު ކާޑާއި ބައެއް ސާމާނު ވަނީ ވަގަށް ނަގައިފަ އެވެ.

އޭނާ ބުނިގޮތުގައި ފިހާރައިގެ އިތުރުން އެ ގޭ ސިމެންތި ގުދަނުގެ ދޮރަށާއި ގޭގެ ކޮޓަރިއެއްގެ ދޮރަށްވެސް ވަގު ވަނީ ގެންލުންދީ ވައްކަންކުރަން މަސައްކަތް ކޮށްފަ އެވެ.

“ވައްކަން ކުރިކަން އެނގުނީ ފަތިހު މަސައްކަތު މީހާ ކުނިކަހަން ނުކުތް އިރު، އޭރު ފިހާރައިގެ ވަތްގަނޑުގައި ހުރި ބައެއް ފައިސާ އާއި އިތުރު ބައެއް ތަކެތި ވަގަށް ނަގާފައިވަނީ، އަދި ސިމެންތި ގުދަނުގެ ދޮރުވެސް ހަލާލުކޮށްލައި ގޭ ގޮޓަރިއެއްގެ ތަންޑުވެސް ވަނީ ހަލާކޮށްލާއި ގެ އަށް ވަންނަން މަސައްކަތް ކޮށްފައި” ބާގިރު ބުންޏެވެ.

ފުލުހުން ގެންދަނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންނެވެ. އެކަމަކު މައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވެ އެވެ.

ޚަބަރު: އީޓީ

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ