2015 ވަނަ އަހަރުގެ ބަޖެޓުގައިވެސް މީގެ 3 އަހަރުކުރިން އަޅަންފެށި މިސްކިތް އެކަނި

0

ސަރުކާުރުން 2015 ވަނަ އަހަރަށް އެކުލަވާލާފައިވާ ބަޖެޓުގައި ކިހާދޫގައި އެއްވެސް ކަމެއް އަލަށް ފެށުމަށް ހަމަޖެހިފައެއް ނެތެވެ. އޭގެ ބަދަލުގައި 2015 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީ މީގެ 3 އަހަރު ކުރިން ކިހާދޫގައި އަޅަން ފެށި އަދިވެސް ނުނިމި ހުރި މިސްކުތުގެ ވާހަކައެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖުލީހަށް ހުށައަޅާފައިވާ 2015 ވަނަ އަހަރު ބަޖެޓުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް ތަކުގެ ތަފްސީލުގައިވާ ގޮތުން ކިހާދޫގައި އަޅަން ފަށާފައިވާ މިސްކިތުގެ ޖުމްލަ ޑޮމެސްޓިކް ބަޖެޓުގެ ގޮތުގައި 4،334،560 ހިމަނާފައިވެއެވެ. އަދި 2015 ވަނައަހަރަށް 3،552،099 އަންދާޒާކޮށްފައިވާ އިރު 2016 ވަނަ އަހަރަށް 90،979 ރުފިޔާ އަންދާޒާކޮށްފައިވެއެެވެ.

ކިހާދޫގައި 2011 ވަނައައަހަރު އަޅަން ފެށި މިސްކިތުގެ މަސައްކަތް އެންމެ ފުރަތަމަ 3.5 މިލިޔަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ ކުރީގެ މަޖުލީސް މެމްބަރު މުއްޠަލިބުގެ އަނބިކަނބަލުނގެ އަމޭން ކޮންސްޓްރަކްޝަން އާއެވެ. އެހެން ނަމަވެސް މަސައްކަތް ނުނިމި 3 އަހަރުދުވަސް ވަނިކޮށް މިސްކިތުގެ މަސައްކަތް މިހާރު ވަނީ އެހެން ބަޔަކާ ހަވާލުކޮށްފައެވެ. އެގޮތުން މިހާރު މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސަހުރް ޕްރައިވެޓް ލިމިޓެޑާއެވެ. ސަހުރް ޕްރައިވެޓް ލިމިޓެޑަށް މިސްކިތުގެ މަސައްކަތް އެވޯޑު ކޮށްފައިވަނީ 4،223،085.37 ރުފިޔާއަށެވެ. މިދިޔަ ސެޕްޓެންބަރު މަހުގެ 14 ވަނަދުވަހު ސޮއިކުރި މިސްކިތުގެ މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

ކެންދޫދާއިރާގެ އެހެން ރަށްރަށުގައި ހިންގުމަށް 2015 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ޕްރޮޖެކްޓް ތަކަށް ބަލާލާއިރު ކުޑަރިކިލު ސްކޫލުގައި އަޅަންފަށާ 4 ކްލާސް ރޫމާއި، ކެންދޫސްކޫލުގައި އަޅަންފަށާ 4 ކްލާސްރޫމާއި ގުދަނާއި، ކެންދޫގައި އަލަށް ފަށާ ފެނާއި ނަރުދަމާގެ ނިޒާމު ހިމެނެއެވެ. އަދި މީގެ އިތުރުން ދަރަވަންދޫ ސިއްހީމަރުކަޒުގެ އެކްޓެންޝަނާއި ދޮންފަނުގައި ސައުދީ ޕްރިންސްގެ ހިލޭއެހީގެ ދަށުން އަޅަންފަށާ މިސްކިތް ފާހަގަކޮށްލެވެއެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ